ނިޔާމަ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިއަކު ވެސް ކޮވިޑަށް ޕޮޒިޓިވް

ނިޔާމަ ބޯޓް، އެ ބޯތްގެ ކެޕްޓަނާއި ފަޅުވެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި– ފޮޓޯ/ތުޅާދޫ އޮންަލައިން

ނިޔާމަ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިއަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނިޔާމަ ބޯޓަކީ މާލެ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް މުދާ އުފުލާ ބޯޓެކެވެ. ނިޔާމާ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިޔަކު ޕޮޒިޓިވްވިކަން އެނގުނުއިރު އެ ބޯޓް އޮތީ އެނބުރި މާލެ ދިއުމަށް ގޮއިދޫ ބަނދަރުގައެވެ.

ބޯޓްގެ ކެޕްޓަނާއި ފަޅުވެރިންގެ ސާމްޕަލް ނަގާފައިވަނީ މާލެއިން ބ. އަތޮޅަށް ދަތުރުކުރުމަށްފަހު، އަތޮޅުގެ ބައެއް ރަށްތަކަށް މުދާ ބޭލުމަށްފަހު މާލެ ދިއުމަށް އެނބުރި ތުޅާދޫއަށް ދިއުމުން މި މަހުގެ 13 ވަނަ ދުވަހު އެވެ.

ނިޔާމަ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މާލެއާއި ތުޅާދޫ އާއި ދެމެދު ދަތުރުކުރާ “އަގޯޓާ އެކްސްޕަރެސް” ބޯޓްގެ ދެ ފަޅުވެރިޔަކު ވެސް އިއްޔެ ވަނީ ކޮވިޑް-19 އަށް ފޮޒިޓިވްވުމާއި ގުޅިގެން އެ ބޯޓް ތުޅާދޫ ބަނދަރުގައިވަނީ ކަރަންޓީން ކޮށްފައެވެ.

މިއަތޮޅު އޭދަފުއްޓާއި ތުޅާދޫގައި ކޮވިޑް ފެތުރި، ކޭސަްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އޭދަފުށިން މިހާތަނަށް 229 މީހުން އަދި ތުޅާދޫން 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.