ކައުންސިލް އިންތިހާބުގައި އަޝްރަފް ވާދަކުރައްވަނީ

އަބްދުﷲ އަޝްރަފް، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އޭދަފުށީ ދާއިރާގެ ގޮނޑިއަށް އޭނާ ވާދަކުރައްވާނެކަމަށް ވަނީ އިއުލާން ކޮށްފައި.
އަބްދުﷲ އަޝްރަފް، މިދިޔަ އަހަރު ޕާކިސްތާނުގައި އޮތް ސަރަހައްދީ ބައްދަލުވުމެއްގައި ރާއްޖެ ތަމްސީލް ކުރައްވަނީ .

ލޯކަލް ކައުންސިލް އިންތިޚާބުގައި ބ. އަތޮޅު ކައުންސިލްގެ އޭދަފުށީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވަން ބ. އޭދަފުށީ، ތަރިވިދިގޭ އަބްދުﷲ އަޝްރަފް، 37 ނިންމަވަައިފި އެވެ.

މިއީ ލޯކަލް ކައުންސިލު އިންތިހާބުގައި ބ. އަތޮޅު ކައުންސިލަށް ކުރިމަތިލައްވާނެކަމަށް މިހާތަނަށް އިއުލާންކުރި ފުރަތަމަ ބޭފުޅެވެ.

އަޝްރަފު މިކަން ހާމަކުރައްވާފައިވަނީ މިއަދު ހެނދުނު އޭނާގެ ފޭސްބުކް ގައި އާއްމުކުރެއްވި ޕޯސްޓެއްގަ އެވެ.

ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގައި މިހާރު ހުންނެވި އަޝްރަފް ވަނީ 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް އޭރުގެ ބ. އަތޮޅު އޮފީހުގައިވެސް މަސައްކަތްކުރައްވާފަ އެވެ. އޭގެފަހުން ޖެންޑާ މިނިސްޓްރީގެ ފަރާތުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގެ ތެރެއިން ހަތަރު ސެންޓަރެއްގައި މެނޭޖަރެއްގެ ގޮތުގައިވެސް އަޝްރަފްވަނީ މަސައްކަތްކުރައްވާފަ އެވެ.

އަޝްރަފަކީ އިޖުތިމާއީ އެކި މައުލޫތަކަށް ގިނަ އާޓިކަލްތަކެއް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮޮތުން އޭނާގެ ބައެއް އާޓިކަލުތަކާއި އިންޓަވިއުތައް މި ނޫހުގަ އާއި އޭދަފުށީ ޓައިމްސް މަޖައްލާގައިވެސް ވަނީ ޝާއިއު ކޮށްފަ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި ސައިކޮލޮޖީއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަޝްރަފް މިހާތަނަށް ވަނީ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އަތޮޅު ފެންވަރުގަ އާއި ގައުމީ ފެންވަރުގައިވެސް ކުރައްވާފަ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އަޝްރަފް ވާދަކުރައްވާނީ ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައެވެ.

އަންނަ ޖެނުއަރީމަހުގެ 14 ގައި އޮންނަ މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާނީ އަންނަމަހުގެ 26 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.