މާދަމާ އިން ފެށިގެން ބީއެމްއެލްގެ ބްރާންޗްތައް ބަންދު

ބީއެމްއެލް އޭދަފުށީ އާ ބްރާންޗް. މިތަން އަންނަ ހަފްތާތެރޭ ހުޅުވަން ދަނީ ތައްޔާރުވަމުން

މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރަން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކު ބަންދުކުރިޔަސް މި މުއްދަތުގައި ކަސްޓަމަރުންނަށް އޮންލައިންކޮށް އަދި އޭޓީއެމްތައް މެދުވެރިކޮށް ހިދުމަތް ހޯދޭނެ ކަމަށެވެ.

މި މުއްދަތުގައި ބޭންކު އާއްމުންނަށް ބަންދު ކޮށްފައި ހުރި ނަމަވެސް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމަށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމުގެ ހިދުމަތް ބީއެމްއެލް އިން ހަފުތާ ބަންދު ދުވަސް ނޫން ހުރިހާ ދުވަހެއްގައި ދޭނެ އެވެ. އަދި އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކުގައި ލޯކަލް ބޭންކް ޓްރާންސްފާގެ އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މާދަމާއިން ފެށިގެން އެމްއެމްއޭ ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

ބީއެމްއެލް އިން ބުނީ ބޭންކު ބަންދު ކޮށްފައި ހުންނަ މުއްދަތުގައި ޕޭ ރޯލްގެ ހިދުމަތް ހޯދަން ޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އަދި އެ ދުވަހެއްގެ މެންދުރު 12:00ގެ ކުރިން ލިބޭ ހުށަހެޅުންތައް އެ ދުވަހަކު ޕްރޮސެސް ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި މުއްދަތުގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ދޭނީ އީމެއިލް މެދުވެރުކޮށެވެ. އެ ދުވަހެއްގެ މެންދުރު 11:00ގެ ކުރިން ލިވޭ ހުށަހެޅުންތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން މި ބަދަލުގެނައީ ކޮވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުަތަކާ ގުޅިގެންނެވެ. އެ ބޭންކުން ބުނީ މިވަގުތު ބޭންކަށް އެންމެ މުހިންމީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.