ތުޅާދޫ ކައުންސިލުން ގޮއިދޫ އަދި ފެހެންދޫ ކައުންސިލާ ބައްދަލުކޮށްފި

14483672_10207305304687023_51820741_n

ބ. ތުޅާދޫ ކައުންސިލުގެ ފަރާތުން ގޮއިދޫ އަދި ފެހެންދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އަހްމަދު އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ކައުންސިލުން މިމަހުގެ 22 އިން 24 އަށް ފަޅުތެރެއަށް ކުރެއްވި މިދަތުރުގައި އެ ދެ ރަށުގެ ކައުންސިލާއެކު ވަކިވަކިން ބޭއްވި ބައްދަލުވުން ތަކުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކާދު ހެދުމަށް ބޭނުންވާ ފަތް ހޯދުމާއި ބެހޭގޮތުންނާއި ލާމަރަކުޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކައުންސިލްތައް ގުޅިގެން އެސޯސިއޭޝަންއެއް އުފެއްދުން ހިމެނެ އެވެ.

އަދި ތުޅާދޫ އަކީ ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެއް ނަމަވެސް ރަށުން ލަކުޑި ލިބެން ނުހުންނާތީ އެ މަސައްކަތްކުރާ ފަރާތްތަކަށް ލަކުޑި ހޯދުމުގައި އެހީތެރިކަމަށް ކައުންސިލުގައި އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރަށްރަށުން ފަސޭހައިން ލަކުޑި ލިބޭނޭ ގޮތެއް ހަމަޖެހޭތޯވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

14455873_10207305304807026_1011172047_o-1

މީގެ އިތުރުން ތުޅާދޫގައި އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ ތެރެއިން އެރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް 60 ހައުސިން ޔުނިޓް ދިނުމަށް ހަމަޖެހިފައިވާ ކަމާއި އެ މައުލޫމާތު ކައުންސިލްތަކާއި ވަނީ ހިއްސާކޮށްފަ އެވެ.

“މި ބައްދަލުވުން ވަރަށް ކާމިޔާބު ބައްދަލުވުމެއް، ވަރަށް ބޮޑު ތަރުހީބެއް ގޮއިދޫ އަދި ފެހެންދޫ މި ދެރަށުގެ ކައުންސިލާއި ރައްޔިތުންގެ ފަރާތުންވެސް ލިބުނު. ވަރަށް ޕޮޒިޓިވް ހަމަ. ކައުންސިލްތަކުގެ އިދާރީ ހިންގުމާއި އަދި އެހެނިހެން ކަންތައްތަކާއި ބެހޭގޮތުނން ނޭނގޭ ވަރަށް ގިނަ އެއްޗެތިވެސް އެނގިގެން ދިޔަ،” .

އަހްމަދު އަބްދުއްރަހީމު ވިދާޅުވި ގޮތުގައި، މި ދަތުރުގައި ކަންދިމާކުރި ގޮތުން ފުޅަދޫ ކައުންސިލާވަނީ ބައްދަލު ނުކުރެވި އެވެ.

“ނަމަވެސް އަންނަ ހަފްތާ ބަންދުގައި އެރަށު ކައުންސިލާވެސް ބައްދަލުކުރެވޭތޯ ވާހަދައްކަމުން މި އަންނަނީ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.