ރެޑްވޭވް ސަލީމުގެ ތައުރީފު އަޝްރަފަށް

ސަލީމް (ކ) އަދި އަޝްރަފް
ސަލީމް (ކ) އަދި އަޝްރަފް

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބ. އަތޮޅު ކައުންސިލްގެ އޭދަފުށި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން، ޢަބްދުﷲ އަޝްރަފް ހާމަކުރެއްވުމާ ގުޅިގެން އެކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ތައުރީފު ކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސަލީމު ވިދާޅުވީ އަޝްރަފަކީ ކުރިއްސުރެވެސް އޭނާ ވަރަށް އިހްތިރާމްކުރައްވާ ބޭފުޅެއްކަމަށާއި، އަޝްރަފްއާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

”އަބްދުﷲ އަޝްރަފް އަކީ އަޅުގަނޑު ކުރިއްސުރެވެސް ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް. އަޝްރަފް ކަހަލަ ތައުލީމީ ޤާބިލް މީހަކު މިދާއިރާގެ ގޮނޑިއަކަށް ކުރިމަތިލުމަކީ ދާއިރާގެ ރައްޔިތުން އުފާކުރަންޖެހޭނެ ކަމެއް. އަޅުގަނޑަށް ޔަގީން އަޝްރަފް ތަފާތު ދައްކާނެކަން. އަނެއްކާ އަޝްރަފަކީ ވަރަށް އަހުލާގު ރަނގަޅު އަދި ވަރަށް ބިނާކުރަނިވި ޚިޔާލު އަބަދުވެސް ފާޅުކުރައްވާ ބޭފުޅެއް،” ސަލީމް ވިދާޅުވި އެވެ.

“އެހެންވީމަ އަޅުގަނޑަކަށް ހިޔެއް ނުވޭ އެއަށްވުރެ ވަކި ގާބިލް ބޭފުޅަކު މިދާއިރާއަށް ކުރިމަތިލާނެއެކޭ،”

ކައުންސިލު އިންތިހާބުގައި އަޝްރަފު ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ މިދިޔަ އާދީއްތަދުވަހު އޭނާގެ ފޭސްބުކް ގައި އާއްމުކުރެއްވި ޕޯސްޓެއްގަ އެވެ. މިއީ ލޯކަލް ކައުންސިލު އިންތިހާބުގައި ބ. އަތޮޅު ކައުންސިލަށް ކުރިމަތިލައްވާނެކަމަށް މިހާތަނަށް އިއުލާންކުރި ފުރަތަމަ ބޭފުޅެވެ.

މިއީ ލޯކަލް ކައުންސިލު އިންތިހާބުގައި ބ. އަތޮޅު ކައުންސިލަށް ކުރިމަތިލައްވާނެކަމަށް މިހާތަނަށް އިއުލާންކުރި ފުރަތަމަ ބޭފުޅެވެ.

އަޝްރަފް (ކ) ޖެމީވާގައި ހުންނަ ޔޫއެން ހެޑްކްއާޓާގައި މި އަހަރު ބޭއްވި ބައްދަލުވުމެއްގައި ދިވެހި ވަފްދާއެކު
އަޝްރަފް (ކ) ޖެމީވާގައި ހުންނަ ޔޫއެން ހެޑްކްއާޓާގައި މި އަހަރު ބޭއްވި ބައްދަލުވުމެއްގައި ދިވެހި ވަފްދާއެކު

ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގައި މިހާރު ހުންނެވި އަޝްރަފް ވަނީ 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް އޭރުގެ ބ. އަތޮޅު އޮފީހުގައިވެސް މަސައްކަތްކުރައްވާފަ އެވެ. އޭގެފަހުން ޖެންޑާ މިނިސްޓްރީގެ ފަރާތުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގެ ތެރެއިން ހަތަރު ސެންޓަރެއްގައި މެނޭޖަރެއްގެ ގޮތުގައިވެސް އަޝްރަފްވަނީ މަސައްކަތްކުރައްވާފަ އެވެ.

އަޝްރަފަކީ އިޖުތިމާއީ އެކި މައުލޫތަކަށް ގިނަ އާޓިކަލްތަކެއް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮޮތުން އޭނާގެ ބައެއް އާޓިކަލުތަކާއި އިންޓަވިއުތައް މި ނޫހުގަ އާއި އޭދަފުށީ ޓައިމްސް މަޖައްލާގައިވެސް ވަނީ ޝާއިއު ކޮށްފަ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި ސައިކޮލޮޖީއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަޝްރަފް މިހާތަނަށް ވަނީ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އަތޮޅު ފެންވަރުގަ އާއި ގައުމީ ފެންވަރުގައިވެސް ކުރައްވާފަ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އަޝްރަފް ވާދަކުރައްވާނީ ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައެވެ.

އަންނަ ޖެނުއަރީމަހުގެ 14 ގައި އޮންނަ މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާނީ އަންނަމަހުގެ 26 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.