ބ. އަތޮޅު ކައުންސިލު ބަށި މުބާރާތް ނޮވެމްބަރު 11 ގައި

މިދިޔަ އަހަރުގެ ބަށި މުބާރާތުގައި ކުޅެނީ-- އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރުގެ ބަށި މުބާރާތުގައި ކުޅެނީ– އީޓީ ފައިލް ފޮޓޯ

ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ ބަށި މުބާރާތް ނޮވެމްބަރު 11 ގައި ބާއްވާގޮތަށް އަތޮޅު ކައުންސިލުން ހަމަޖައްސައިފި އެވެ.

އަތޮޅު ކައުންސިލް އިދާރާއިން ބުނީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މި މުބާރާތުގައި އަތޮޅުތެރެއިން ބައިވެރިވާ ކޮންމެ ޓީމަކަށް އެހީތެރިވުމުގެ ގޮތުން -/4000 ރުފިޔާ ދޭނެ ކަމަށެވެ. މި މުބާރާތުގެ ބައިވެރިވެވޭނީ އަތޮޅުގެ ކޮންމެ ރަށަކުންވެސް އެއް ޓީމަކަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާތެރޭ ހުޅުވާލާނެ ކަމަށްވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

މި މުބާރާތަކީ މި އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ކުޅިވަރު އާލާކުރުމާއި އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ އިތުރުން މިއަތޮޅުގައާއި އަދި ރާއްޖޭގައި ބަށި ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދަދިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

މިއީ އަތޮޅު ކައުންސިލު ބަށި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ގޮއިދޫ ބަށި ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.