ދާއިރާގެ ރަށްތަކަށް ސަލީމުގެ އެހީތެރިކަން

ސަލީމް ކެމްޕޭންގެ ތެރެއިން -- ފޮޓޯ / ކެމްޕޭން ޓީމް
ސަލީމް މިދިޔަ އިންތިހާބުގައި ކެމްޕޭން ކުރައްވަނީ– ފޮޓޯ / ކެމްޕޭން ޓީމް

ބ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ބ. މާޅޮހު ކަނޑުތޮށިލުމުގެ މަޝްރޫއަށާއި ބ. އަތޮޅު ތައުލީމީ މަރުކަޒު ޑިޖިޓަލް ކުރުމުގެ މަޝްރޫއުއަށް އެހީތެރިވެދެއްވައިފި އެވެ.

މާޅޮހު ކަނޑުތޮށި ލުމުގެ މަޝްރޫއު އަށް އެރަށު ކައުންސިލުގެ އެދިވަޑައިގަތުމަކަށް، ސަލީމު ވަނީ 150 ކޮތަޅު ސިމެންތި ހަދިޔާ ކުރައްވާފަ އެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމުތައް ޑިޖިޓަލް ކުރުމަށް ހިންގާ މަޝްރުއޫއަށް އެހީތެރިވެދިނުމުގެ ގޮތުން ސަލީމު ވަނީ މިއަދު އެ ސްކޫލަށް 50 އިންޗީގެ ޓީވީއެއްވެސް ހަދިޔާ ކުރައްވާފަ އެވެ.

ސަލީމުގެ ފަރާތުން މިއަދު ބ. އަތޮޅު ތައުލީމީ މަރުކަޒށް ޓީވީ އެއް ހަދިޔާ ކުރަނީ
ސަލީމުގެ ފަރާތުން މިއަދު ބ. އަތޮޅު ތައުލީމީ މަރުކަޒށް ޓީވީ އެއް ހަދިޔާ ކުރަނީ

ސަލީމު ވިދާޅުވި ގޮތުގައި ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ރައްޔިތުން އެދުނު ކޮންމެ ކަމެއް ކުރެއްވުމަށް ސަރުކާރުގެ ތެރެއިންނާއި އެހެން ފަރާތެއް މެދުވެރިވެގެން ނަމަވެސް ނުވަތަ އަމިއްލަ ގޮތުން ކޮށްދޭންޖެހޭ ކަމެއް ކަމުގައި ވިޔަސް އެކަން ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އޭނާ ކޮށްދެއްވާނެ އެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް މަޖިލީހުގެ އެތެރެއާއި ބޭރުގައިވެސް މަސައްކަތްކުރައްވަމުން ގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި ވިސްނުމާއެކު ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކޮށްދިނުމަށް ކަމަށް ސަލީމު ވިދާޅުވި އެވެ.

“ދާއިރާގެ ރައްޔިތުން އަޅުގަނޑު އިންތިޚާބު ކޮށްފައިވަނީ މިދެންނެވި މަސައްކަތް ކުރަންކަން އަޅުގަނޑު ހަނދާން ނައްތައެއް ނުލާނަން،” ސަލީމު ވިދާޅުވި އެވެ.

2009 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުންދަވާ ސަލީމު ގެންދަވަނީ އާއްމުންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.