ބ. ތުޅާދޫ ގެއެއްގައި އަލިފާން ރޯވެ މިއަދު އަނދައިފި އެވެ.
އެ ރަށު “ގުލްޝަނީ ހިޔާ” ގޭގައި ހެނދުނު 11:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި އެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފައއެވެ.
ގުލްޝަނީހިޔާގައި ރޯވި އަލިފާން ނިއްވާލެވުނީ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މެންދުރު 12:00 ހާއިރު އެވެ.
އެ ގޭގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.
މި ހާދިސާގައި އެ ގޭގައި ހުރި އައިސްއަލަމާރީގައި އަލިފާން ހިފައި އެއްކޮށް އަނދާފައި ވާއިރު، ގޭގައި ގެންގުޅޭ އެހެނިހެން އާލާތްތަކާއި އެނދު، އަލަމާރި، ގޮދަނޑި ފަދަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.