މަސްތުވާތަކެއްޗާއެކު ބ. ފެހެންދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަސްތުވާތަކެއްޗާއެކު ފެހެންދޫން އަތުލައިގެންފައި ވަނީ 34 އަހަރުގެ ފިރިހެނެކެވެ.
އޭނާ އަތުލައިގެންފައި ވަނީ ފުލުހުން ބުނިގޮތުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެގޮތުން އޭނާ ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 103 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.