މޯލްޑިވިއަންގެ މި ދަތުރުތައް ދަރަވަންދޫގެ އިތުރުން ހދ. ހަނިމާދުއަށް ބާއްވަން ވަނީ ނިންމާފައެވެ.
މި ދަތުރުތަކުގެ ދެކޮޅު ދަތުރުތައް އީދު ފެށުމާއި ނިންމުމާއި ދިމާކޮށް ކުރާ ގޮތަށް ރާވާފައިވާ އިރު، ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހު އެވެ.
މޯލްޑިވިއަނުން ބުނީ އެ ދުވަސްތަކުގައި ދަތުރު އޮންނާނީ މާލެއިން ދަރަވަންދޫ އަދި ދަރަވަންދޫއިން ހަނިމާދޫ އަށް ކަމަށެވެ.
އީދު ނިންމުމަށް ފަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ،30 އަދި 31 ވަނަ ދުވަހު އެވެ. އެ ދުވަސްތަކުގައި ދަތުރުތައް އޮންނާނީ ހަނިމާދޫއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން މާލެ އަށް ކަމަށް ވެސް މޯލްޑިވިއަނުން ބުންނެވެ.