ޕީސީއާރް އާ ނުލާ ބ. އަތޮޅުގެ ހަތް ރަށަކަށް ދަތުރުކުރެވޭނެ

އޭދަފުށީ ބަނދަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ– ފޮޓޯ/ ދިފްލާ

އެޗްޕީއޭން ކަނޑައަޅާފައިވާ މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށަކަށް ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރު ކުރުމަށް ހުއްދަ ދީފިއެވެ.

އެޗްޕީއޭން ވަނީ މިއަދުން ފެށިގެން ވެކްސިން ޖެހުމުގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަތަކަށް ޓެސްޓް ހެދުމަކާ ނުލާ ދަތުރު ކުރުމަށް ހުއްދަ ދީފައެވެ. އެގޮތުން އެ މިންގަނޑަށް ވާސިލުވެފައިވާ 28 ރަށެއް އެބައޮތް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އޭގެ ތެރޭގައި ބ. އަތޮޅުން ވެކްސިން ފުރިހަމަ ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ފެހެންދޫ، ފުޅަދޫ، ދޮންފަން، ކިހާދޫ، އޭދަފުށި، ބ. މާޅޮސްގެ އިތުރުން ކަމަދޫ އެވެ.

މި ރަށްތަކުގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވެ އެވެ. އަދި، މީގެތެރެއިން ގެސްޓްހައުސްތައް ހުންނަ ރަށްރަށުގެ ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެސް ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، 14 ދުވަސްވެފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް އެއަށް އަމަލުކުރާނީ އެ ރަށްރަށުން އެ މީހަކު ދަތުރުކުރާ ރަށުގެ ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތަށް ބަލާފައިކަމަށެވެ. އެގޮތުން ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށްވުރެ ދަށް ވާން ޖެހޭނެކަމަށް އެ މިނިސްޓރީން ބުންޏެވެ.

މި މަހުން ފެށިގެން ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ދަތިވާނެހެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.