އޭދަފުށި – ހިތާދޫ ވާދަކުރާ މެޗު މިރޭ

އޭދަފުއްޓާ ތުޅަދޫ ބައްދަލުކުރި މެޗުގެ ތެރެއިން — ފޮޓޯ: އަދަދު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ރައުންޑުގައި މިރޭ އޭދަފުއްޓާ-ހިތާދޫ ވާދަކުރާނެ އެވެ.

ހުޅުމާލޭގެ ރެހެންދި ސްކޫލް ކައިރިގައި އޮންނަ ފުޓްސަލް ދަނޑުގައި އޭދަފުއްޓާ ހިތާދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 10:15 ގަ އެވެ.

މުބާރާތުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުން ވަނީ 5-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ.

މުބާރާތުގައި އޭދަފުށި ތަމްސީލުކުރަނީ ޔުނައިޓެޑް ވީގެ ނަމުގަ އެވެ. މުބާރާތަށް ޔުނައިޓެޑް ވީ އިން ޓީމު އެކުލަވާލީ މުޅި އޭދަފުށި ހިމެނޭހެން އެންމެ ރަނގަޅު ކުޅުންތެރިންނާއެކު އެވެ. އެކަމަކު ގޯލްޑަން ފުޓްސަލްގެ އެންމެ ފަހުގެ ދެ މުބާރާތުގައި އޭދަފުށީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އިޝާން އިބްރާހީމް (ސައްޓު) އާއި ގޯލްކީޕަރު އަބްދުﷲ ނާސިހު އަށް ފުޓްސަލް ގައުމީ ސްކޮޑުން ފުރުސަތު ލިބުމުން މިފަހަރުގެ ގޯލްޑަން ފުޓްސަލް ޓީމުން ނުފެންނާނެ އެވެ. ޔުނައިޓެޑް ވީ އިން ބުނީ މުހިއްމި ދެ ކުޅުންތެރިން ނެތްނަމަވެސް މިފަހަރުގެ މުބާރާތުގައި އޭދަފުށިން ވާދަކުރާނީ ވަރުގަދަ ޓީމެއް ކަމަށެވެ.

އަތޮޅު ބުރަށްފަހު މި މުބާރާތުގެ ޒޯން ބުރަށް ހޮވޭނީ އަތޮޅު ބުރުން ޗެމްޕިއަންކަން ހޯދާ ޓީމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.