
ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށްށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެނގޮސްފި އެވެ.
އެ މަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތަށް ބޭނުންވާ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 22 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ 7 ބްރޭކްވޯޓާ ހަދައި، 96 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. އަދި އެރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރާނެ އެވެ.
މިއީ ދަރަވަންދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
