އުރީދޫގެ ސުޕަރނެޓް މިފަހަރު ދިއްގަރަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް މ. ދިއްގަރަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވި އުރީދޫއިން ހިދުމަތްތައް އަޕްގްރޭޑް ކުރަމުންދާ ކަމަށާ އެގޮތުން ދާދި ފަހުން ހޯމް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ގެނައި ބަދަލާ އެކު ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަަށް މަންފާވާނެ ފަދަ ޙިދުމަަތްތަަައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން ނިޔާޒު ވަނީ އަަރުވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށް ފެންވަރު ރަނގަޅު ހަލުވި ސްޕީޑް ގެ އިންޓަނެޓް ފޯރުކޮޑިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު އަޅުގަނޑުމެން މިވަނީ ސުޕަރނެޓްގެ ޙިދުމަތް މ. ދިއްގަރަށް ތައާރަފްކޮށްފަ. ދިއްގަރުގެ ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.