މަލިކު މީހުންނާ އެކު ދަރަވަންދޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

ބ. ދަރަވަންދޫގައި މި އަހަރު ކުލަ ގަދަކޮށް އީދު ފާހަގަކުރަން މަލިކުން ބަޔަކު ގެންނަން ނިންމައިފި އެވެ.

ދަރަވަންދޫ ކައުންސިލުން އެރަށު ރައްޔިތުންނާއި ގުޅިގެން “މަގޭ އީދު” ގެ ނަމުގައި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ސަގާފީ ގިނަ ކުޅިވަރުތައް ކުޅުން ވެސް ހިމެނެ އެވެ.

ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު ވިދާޅުވީ މަލިކު މީހުން ބައިވެރިވާ މިއުޒިކް ޝޯއެއްގެ އިތުރުން ތަފާތު ކުޅިވަރުތަކާ އެކު ގިނަ ހަރަކާތްތަކެއް ބާއްވަން ރާވާފައިވާ ކަމަށެވެ. ދިވެހިން އާއްމުކޮށް އީދު ފާހަގަކުރާ ގޮތުގެ އިތުރުން މަލިގެ ސަގާފަތާއި ދިރިއުޅުމާއި އެ ގައުމުގައި އީދު ފާހަގަކުރުން އޮންނަ ގޮތް ވެސް ދަރަވަންދޫން މިފަހަރު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.     

އަޟްޙާ ޢީދުގެ ޙަރަކާތްތަކައް ތައްޔާރުވުމުގެ ތެރެއިން–ބ.ދަރަވަންދޫ

މީގެ ކުރިން ދަރަވަންދޫގައި އީދު ފާހަގަ ނުކުރާހާ ކުލަގަދަކޮށް، މި ފަހަރު އީދު ފާހަގަ ކުރަން ކައުންސިލާ ގުޅިގެން ކުދި ބޮޑު އެންމެން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރަވަންދޫގައި އީދު ކުޅިވަރުތައް ބާއްވަން ރާވާފައިވަނީ ދެ ޖިންސު މަސްހުނި ނުވެ، ކުޅިވަރުތައް ކުޅެވޭ ގޮތަށެވެ.

އީދު ކުޅިވަރު ހަރަކާތްތައް ދަރަވަންދޫގައި މި އަންނަ މަހުގެ 7-14 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. އަދި މީގެ ތެރޭގައި ބާއްވާ ކުޅިވަރު މުބާރާތްތައްވެސް ހިމެނެއެވެ.

ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ ޖުލައި މަހުގެ 10 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.