ކިހާދޫ ޓިވެކް ސެންޓަރުން އޯގަސްޓްމަހު ފަށާ ކޯސްތަކަށް ހުޅުވާލައިފި

ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުން (ޓިވެކް) އަންނަ އޯގަސްޓްމަހު ފަށާ  ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ޓިވެކުން ބުނީ އަންނަ އޯގަސްޓް މަހުގެ އިންޓޭކުގައި ވެސް ތަފާތު އެކި ދާއިރާތަކުން ތިން ކޯސް އެ ކެމްޕަހުގައި ހިންގާނެ ކަމަށެވެ.

މާރޗު އިންޓޭކުގައި ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރަން ދަސްކޮށްދޭ ކޯހެކެވެ.

 15 ހަފްތާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯސްތަކަކީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯސްތަކެކެވެ.

މި ކޯސްތަކުންވެސް ޖުމްލަ 50 ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް ޓިވެކުން ބުންޏެވެ.

ޓިވެކުން ހިންގާ ތަމްރީން ޕްރޮގްރާމުތަކުން އެއްވެސް ކުއްޖެއްގެ އަތުން ފީއެއް ނުނަގަ އެވެ. އަދި އެ ކެމްޕަހުގައި ހުރިހާ ކަމެއް ވެސް އޮންނާނީ ހިލޭ އެވެ. އެގޮތުން ކެއުމާއި ހުރުމުގެ އިތުރުން ކުދިން މުނިފޫހިފިލުވުމަށް ވެސް ގިނަ ކަންތައްތަކެއް އޮވެއެވެ.

ރާއްޖޭގައި ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ޓިވެކްގައި ކުރިއަށްގެންދާ މި ކޯސްތަކަށް އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން 2016 ވަނަ އަހަރު ކިހާދޫގައި ގާއިމުކުރި މި ސެންޓަރަކީ ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.