ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓްގެ ހިދުމަތް ދާންދުއަށް

ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ގއ. ދާންދުއަށް ތައާރަފްކޮށްފި އެވެ.

މި ހިދުމަތާ އެކު އެރަށު މީހުންނަށް ހަލުވިކަމާ އެކު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާއި، ފައިބާ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ ވަރުގަދަ ނެޓްވޯކް ކަވަރޭޖަކާއި ހަލުވި ސްޕީޑެއްގައި އެ ހިދުމަތް ދާންދޫގެ މީހުންނަށް ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއްކަމަށެވެ.

“މި ޙިދުމަތާއެކު ދާންދޫގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަށް ހުޅުވިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކައްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ޙިދުމަތް ފޯރުކޮށްދިނުން.”

ދާދި ފަހުން އޫރިދޫން ވަނީ ސުޕަނެޓް ޕެކޭޖުތަކަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި، އިންޓަނެޓްގެ ސްޕީޑް ފަސް ގުނައަށް އިތުރު ކުރުމާއި، 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތް ވަނީ ހަދައިފަ އެވެ.

މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އެކުވާ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ. އަދި ތުރޮޓުލް ސްޕީޑް ނުވަތަ ޑޭޓާ ޕެކޭޖު ހުސްވުމަށް ފަހު ލިބޭ ސްޕީޑް ހަލުވިވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.