މޮލައިސް ފިހާރަ އެހެން ތަނަކަށް ބަދަލުކުކޮށް ހުކުރު ދުވަހު ހުޅުވަނީ

މޮލައިސްގެ އާ ފިހާރަ ހުންނާނެ ގޮތުގެ ކުރެހުމެއް

އޭދަފުށީގައި ހުރި މޮލައިސް ފިހާރަ އެހެން ތަނަކަށް ބަދަލުކޮށް އަންނަ ހުކުރު ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މޮލައިސްގެ އާ ފިހާރަ ހަދާފައިވަނީ ޖަސްކިއުޓް ގްރޫޕުން ހުރަވީމަގުގައި (ކުރީގެ ޖަސްޓްކިއުޓް ކައިރި) ހަދާފައިވާ މުޅިން އާ އިމާރާތެއްގަ އެވެ.

މިހާރު މި ފިހާރަ ހިންގަމުން އަންނަނީ އޭދަފުށީ ރޯޝަނީމަގު ބޯޅަ ދަނޑު ކަންމަތީގަ އެވެ.

ދެ ޖިންސަށް ބޭނުންވާ އެންމެފަހުގެ ބްރޭންޑްތަކުގެ ފެޝަންތަކުގެ އަންނައުނުގެ ބާވަތްތަކުގެ އިތުރުން އަންހެންކުދިންނަށް ޚާއްސަ އެކި ވައްތަރުގެ ބޮޑީ ސްޕްރޭ އާއި ހޭންޑް ބޭގް އަދި ސައިޑް ބޭގް މިތަނުން ލިބޭނެ އެވެ.

މޮލައިސްގެ އާ ފިހާރަ ހުންނާނެ ގޮތުގެ ކުރެހުމެއް

މޮލައިސް އިން ވިއްކާ އެންމެފަހުގެ އޮރިރިޖިނަލް ބްރޭންޑް ތަކުގެ އެއްޗެހީގެ ތެރޭގައި ކްއިކްސިލްވަރ، ޓީބީ ވައި އަދި ވޮލްކޮމްގެ އިތުރުން ބިލަބޮންގް ފަދަ ބްރޭންޑްތަކުގެ ފަޓްލޫނާއި ގަމީހާއި ޓީޝާޓް ފަދަތަކެތި ހިމެނެ އެވެ.

މީގެ އިތުރުން މަސްބާނާ ޖިގް 20 ގްރާމުން ފެށިގެން 1000 ގްރާމާ ހަމައަށް އެތަނުން ލިބެން ހުންނާނެ އެވެ.

އަލަށް ހުޅުވާ ފިހާރައިން ވެސް މިތަކެތި ލިބެން ހުންނާނެ ކަމަށް މޮލައިސް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.