
މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި މިއަދު ހަވީރު 3-1 ސެޓުން މާޅޮސް ބަލިކޮށް ގޮއިދޫން ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގޮއިދޫން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2017، 2018 އަދި 2019 ވަނަ އަހަރު އެވެ. މި މުބާރާތް ފިރިހެން ޑިވިޝަންގެ ތަށި އުފުލާލީ ވެސް ގޮއިދޫންނެވެ.
މިއީ މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަން ބާއްވި ފަސްވަނަ އަހަރެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފަ އެއް ނުވެ އެވެ. މީގެ ކުރިން، އެންމެ ފުރަތަމަ 2016 ގައި ބޭއްވި މުބާރާތް ކާމިޔާބުކުރީ ދަރަވަންދޫ އެވެ.
ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޮއިދޫގެ ސާނިޔާ އަހްމަދު ނިޒާމް އެވެ.
މުބާރާތުގެ އެންމެ ހަ ކުޅުންތެރިންނަށް ހޮވުނީ ސާނިޔާގެ އިތުރުން އެ ޓީމުގެ ރިޒްވާނާ އަބޫބަކުރު އާއި ޝަފްނާ އިބްރާހީމް އާއި މާޚޮސް ޓީމުގެ މާޔާ ހުސައިން ސޮލާހު އާއި ރިފްދާ އިބްރާހިމް އިތުރުން ކަމަދޫ ޓީމުގެ މަލްދާ މަސްއޫދު އެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ވެސް 15000ރ ވަނީ ދީފަ އެވެ.
