މޮލައިސް ފިހާރަ އެހެން ތަނަކަށް ބަދަލުކޮށް އަލުން ހުޅުވައިފި

މޮލައިސްގެ އާ ފިހާރަ

އޭދަފުށީގެ މަޝްހޫރު ގާމެންޓް ފިހާރަ، މޮލައިސް އެހެން ތަނަކަށް ބަދަލުކޮށް ރޭ ހުޅުވައިފި އެވެ.

މޮލައިސްގެ އާ ފިހާރަ ހުޅުވާފައިވަނީ ހުރަވީމަގުގައި (ކުރީގެ ޖަސްޓްކިއުޓް ފިހާރަ ކައިރި) ހަދާފައިވާ މުޅިން އާ އިމާރާތެއްގަ އެވެ. އެ ފިހާރަ މީގެ ކުރިން ހިންގަމުން އައީ އޭދަފުށީ އޭދަފުށީ ނާޒު ގޭގައި ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތުގެ ގްރައުންޑް ފުލޯގަ އެވެ.

މި ފިހާރާއަށް ވަދެލުމާއެކު ވެސް މިއީ އާދައިގެ ފިހާރައެއް ނޫންކަން އިހުސާސް ކުރެވޭނެއެވެ. އެއްކަމަކީ ތަނުގެ ތަނަވަސް ކަމާއެކު ކަސްޓަމަރުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ކޮންމެ އައިޓަމެއްވެސް ތަރުތީބު ވެފައި ހުރުމެވެ. ހަމަ އެއާއެކު އެއްޗެތީގެ ތައާރަފް ދިނުމަށް ތަނުގެ މުވައްޒަފަކު އައިސް ކަސްޓަމަރުންނަށް މަރުހަބާ ކިއުމުވެ.

ހަތަރު އަހަރަށް ފަހު އާ ތަނެއްގައި އެ ފިހާރަ ހުޅުވިއިރު އެއީ ކުރީގެ ފިހާރާއާ އަޅާބަލާއިރު ދެގުނަ ޖާގަ ވެސް ބޮޑު ތަނެކެވެ.

 މޮލައިސް” ހާއްސަ ވަނީ ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް އެންމެފަހުގެ ފެޝަންތަކުގެ އޮރިޖިނަލް ބްރޭންޑްތަކުގެ ތަފާތު އެކި ބާވަތްތަކުގެ މުދާ ލިބެން ހުރީތީ އެވެ.

އަލަށް ހުޅުވި ފިހާރައިން ވެސް މި ހުރިހާ ބާވަތެއްގެ މުދަލެއް ލިބޭނެ އެވެ. އޭގެ ތެރޭގައި އަންނައުނުގެ ބާވަތްތަކުގެ އިތުރުން އަންހެންކުދިންނަށް ޚާއްސަ އެކި ވައްތަރުގެ ބޮޑީ ސްޕްރޭ އާއި ހޭންޑް ބޭގް އަދި ސައިޑް ބޭގް ލިބޭނެ އެވެ. މީގެ އިތުރުން މަސްބާނާ ޖިގް 20 ގްރާމުން ފެށިގެން 1000 ގްރާމާ ހަމައަށް އެތަނުން ލިބެން ހުންނާނެ އެވެ.

މޮލައިސްއިން ގަންނަ ކޮންމެ މުދަލަކީވެސް އިތުބާރު އޮތް އަދި އަގާ އެކަށީގެންވާ އެއްޗެއް ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް  އޮތުމަކީ އެންމެ ބޮޑު އުފަލެވެ.

ބޮޑު އީދު އައުމަށް މަދު ދުވަސް ކޮޅަކަށް ވެފައިވާ އިރު އީދާ ދިމާކޮށް އެތަނުގައި ވަނީ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން 10 ޕަސެންޓް ޑިސްކައުންޓް މި ޕްރޮމޯޝަނުގައި ލިބޭގޮތަށް ވަނީ ހަމަ ޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.