އުރީދޫ ބޮޑު ޗުއްޓީ އޮފާ: އެންމެ 100 ރުފިޔާއަށް 100 ޖީބީ ޑޭޓާ

“ބޮޑު ޗުއްޓީ ޕެކް” ގެ ނަމުގައި ޚާއްސަ އޮފާ އެއް އުރީދޫން ތައާރަފް ކޮށްފިއެވެ.

މި އޮފާ ތައާރަފް ކުރެވިފައިވަނީ މިނިވަން ދުވަހާއި އަޟްޙާ އީދާއި ގުޅިގެން ލިބޭ މި ބަންދުގައި، ކޮންމެތާކު، ކޮންމެވަގުތެއްގައި ވެސް އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

މި ހާއްސަ އޮފާގެ ދަށުން މިހާރު ކަސްޓަމަރުންނަށް އެންމެ 100ރ އަށް ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށް، 100 ޖީބީ ޑޭޓާ 3 ދުވަހަށް ލިބޭނެ އެވެ. އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ އޮފާތައް 6 ޖުލައި 2022 އިން 31 ޖުލައި 2022 ގެ 23:59 ނިޔަލަށް ކަސްޓަމަރުންނަށް މި ޕެކް ބައްލަވައިގަނެވޭނެއެވެ.

އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅުއްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް 100GB  ޖައްސަވާފަ 5555 އަށް އެސްއެމްއެސް ފޮނުވުމުން އެކްޓިވޭޓްކުރެވޭނެއެވެ. 

“ބޮޑު ބަންދުތެރޭ ޗުއްޓީ ހަދާލަން ރަށަކަށް ދިޔަޔަސް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ގޭގައި ޗުއްޓީ ހޭދަކުރިޔަސް އަޟްހާ ޢީދަކީ ކުލަގަދަކޮށް ފާހަގަކޮށް ހާއްސަ އުފާވެރިކަމަކުން ފުރިގެންވާ ޗުއްޓީއެއް. މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އިތުރަށް ގުޅުވާލަދިނުމަށް، ޗުއްޓީގެ ތެރެއިން ކުލަގަދަ އަދި އުފާވެރި ވަގުތުތައް ޙިއްޞާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ޚާއްޞަ އޮފަރ ކަމުދާނެކަމަށް އުއްމީދުކުރަން.” އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މިނިވަން ދުވަހުގެ ތަހުނިޔާ އާއި އަޟްޙާ އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.