
މިއަހަރުގެ ދެވަނަ ކުއާޓާގައި ބީއެމްއެލް “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް” ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ޕްރޮޕޯސަލެއް ހޮވައިފި އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އެކި ރަށްރަށުގައި އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާން ބޭންކުން ހުޅުވާލި ފަންޑެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ފަސް ރަށެއްގައި ޕްރޮޖެކްޓު ހިންގުމަށް މި ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދެވަނަ ކުއާޓާގައި ހޮވުނު ޕްރޮޖެކްޓުތައް
- މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – އއ. ހިމަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ކްލަބް ނިއު ފްރެންޑްސް
- ބޮޑުފޮޅުދޫ ސްކޫލުގައި އާރްއޯ މެޝިން، ފެން ޑިސްޕެންސަރ ބެހެއްޓުން – އއ. ބޮޑުފޮޅުދޫ، ޕްރޮޖެކްޓް ހުށަހެޅީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން
- މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – ހދ. ނޭކުރެންދޫ، ޕްރޮޖެކްޓް ހުށަހެޅީ ނޭކުރެންދޫ ޑިވެލޮޕްމަންޓް
- ޕްރީ ސްކޫލު ޕާކު ތަރައްގީ ކުރުން – އދ. ފެންފުށި، ޕްރޮޖެކްޓް ހުށަހެޅީ ފެންފުށި ޒުވާނުންގެ ދިރުން
- މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – ދ. ހުޅުދެލި، ޕްރޮޖެކްޓް ހުށަހެޅީ ހުޅުދެލި އައިލެންޑް ސޯޝަލް އެންޑް ސްޕޯރޓްސް އެސޯސިއޭޝަން
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓް އަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
