އުރީދޫ ޕަބްޖީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫ ނޭޝަން އިން މުޅިއަކު 15000ރ ގެ އިނާމުތަކާއެކު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 1 ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.

އުރީދޫ ނޭޝަން އިން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 1 ގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 1 އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ކޮލިފައިން ޓޯނަމަންޓްގައި ވާދަކުރަންވާނެ އެވެ. ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 15 އޯގަސްޓް 2022 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެ އެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 1 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައިވަނީ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ އެވެ.

ރޯޑް ޓު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް:

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް1 އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު ކުރިޔަށް ގެންދާ މުބާރާތެއް.

1. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ރަޖިސްޓަރ ވުމަށް ore.do/o9cbb.

2. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް: ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ސެޕްޓެމްބަރު މަހުއެވެ.

3. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 3: ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ.

5. އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓް: ގައި ވާދަކޮށް އެންމެ މޮޅު 7 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ނޮވެމްބަރު މަހުއެވެ.

6. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް: 100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަކުރާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ޑިސެމްބަރު މަހު އެވެ.

އުރީދޫ ނޭޝަން އިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު ހުޅުވާލި “އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް” ގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް މަރުހަބާ ކިޔާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.