އުރީދޫގެ މޫލީ ހިދުމަތަށް ކާމިޔާބު ތިން އަހަރު ފުރުން ފާހަގަކޮށްފި

އުރީދޫގެ އީ ކޮމާސް ޕްލެޓް ފޯމަށް މިއަދު ވަނީ ތިން އަހަރު ފުރިފައި.

އީ-ކޮމާސް ޕްލެޓްފޯމް މޫލީން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކާމިޔާބު ތިން އަހަރު މިއަދު ފާހަގަކޮށްފި އެވެ.

މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ އޮގަސްޓް 7، 2019 ގަ އެވެ.

މިއަދު ކަސްޓަމަރުންގެ ހިދުމަތުގައި މޫލީ ކާމިޔާބު ތިން އަހަރު ފާހަގުކުރުމުން ދާއިރު، 20،000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނިގޮތުގައި މި ޕްލެޓްފޯމް މެދުވެރިކޮށް 18 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 50 އަށް ވުރެ ގިނަ ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިދެ އެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެއަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވެސް ހިމެނެ އެވެ.

މި ހާއްސަ ލަނޑުދަނޑި ފާހަގަ ކުރަމުން މޫލީ ޕްލެޓްފޯމުން ވިޔަފާރި ކުރާ ފަރާތްތަކަށާއި ޕާޓްނަރުންނަށް މޫލީ ޓީމުން ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފަ އެވެ. ހަމަ އެއާއެކު އޮގަސްޓް މަހުގެ ތެރޭގައި ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާ އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މޫލީގެ ތަސައްވަރާ އެއްގޮތަށް، ކަސްޓަމަރުންނާއެކު އިތުރު ގާތް ގުޅުމެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީ އިން ވަނީ ކޯވިޑް-19ގެ ޕެންޑެމިކްގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ތަކެތި ގަތުމުގެ ފުރުސަތު ފަހިކޮށްދީ، ނަމޫނާ މިސާލެއް ދައްކާފަ އެވެ.

އެގޮތުން ކޯނަރު ޝޮޕްތަކާއި ސުޕަމާކެޓް ފަދަ ކުދި ވިޔަފާރިތަކާ މޫލީން ވަނީ ފާޓްނާވެފަ އެވެ. މި އިސްނެގުމާއެކު ފުރުސަތުތައް ފަހިވެ، ފައިދާ ވެގެންދިޔައީ ހަމައެކަނި ކަސްޓަމަރުންނަށް އެކަނިއެއް ނޫނެވެ. ކުދި ވިޔަފާރިތަކަށް ވެސް އޮންލައިންކޮށް ކައިރީގަ އާއި ދުރުގައިވާ ކަސްޓަމަރުންނާ ގުޅުވާލަދީ ލޮކްޑައުންގެ ހާލަތުގައި ވިޔަފާރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކޮށްދިނެވެ.

މީގެ އިތުރުން މޫލީއިން ވަނީ ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ހަމަ އެފަދައިން މިއަހަރު މޫލީ އިން ވަނީ ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނަރުވެ، “ބެކް ޓު ސްކޫލް” ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބުކްލިސްޓް ކްލެއިމްކޮށް މުޅިން ހިލޭ ޑެލިވަރީ ފުރުސަތު ފަހިކޮށްދީފަ އެވެ.

ފުޅާވަމުން އަންނަ އީ- ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ވެސް މޫލީއިން ފޯރުކޮށްދެ އެވެ.

މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ޑެލިވަރީ ޚިދުމަތް ލިބުމެވެ.

މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.

އިތުރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށްވެސް އެ ޓީމުން ޔަގީންކަން އަރުވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.