އުރީދޫއިން އަޕްގްރޭޑް ޔޯ ވޯލްޑް ގެ ނަމުގައި ކެމްޕެއިނެއް ފަށާ، އުރީދޫ ބްރޭންޑަށް ބޮޑު ބަދަލެއް

އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި އަދި މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާ ގައި ހަރަކާތްތެރިވާ އައި.ސީ.ޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމުގައިވާ އުރީދޫ ގްރޫޕު ގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން – “އަޕްގްރޭޑް ޔޯ ވޯލްޑް” މިއަދު ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ. 

އަޕްގްރޭޑް ކޮށްފައިވާ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލުގައެވެ. އޭޝިއާގައި އުރީދޫ އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫ ގްރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމަ އަށް ތަމްސީލްކޮށްދިނުމަށް އެކުންފުނީގެ ބްރޭންޑްއަށް ގެނައި މި ބަދަލު އެންމެ ފުރަތަމަ  އިފްތިތާހު ކުރި ކުންފުންޏެވެ.

އަޕްގްރޭޑް ޔޯ ވޯލްޑް

އުރީދޫގެ އާ ޓެގްލައިން ‘އަޕްގްރޭޑް ޔޯ ވޯލްޑް’ އަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް، އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކާއި ތައާރަފް ކުރާ އައު އީޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގްސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެވެ. އުރީދޫގެ އައު އައިޑެންޓިޓީ އަކީ އެ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުންއަންނަ ކުރިއެރުމާއި އެއްގޮތައް މަތިން ގެނެވުނު ބަދަލެކެވެ. 

އުރީދޫގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް-އުތްމާން ފަޚްރޫ ވިދާޅުވީ “މިއީ އަޅުގަނޑުމެން އެންމެން ވެސް އިންތިޒާރުކުރަމުން އައި ވަރަށް އުފާވެރި އާ މަރުހަލާއެއް. މިއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސް އަގުހުރި ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކާމިޔާބުކަމާއިއެކު ކުރިއަށްގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ އައު މަރުހަލާއެއް. މިގޮތުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އުރީދޫގެ ޙިދުމަތްތައް ހޯދާ ފަރާތްތަކާއި ހިއްސާ ދާރުންނަށް ލިބޭ މަންފާ އެއްދުވަހުނ ް އަނެއްދުވަހަށް އިތުރު ކޮށްދިނުމުގެ ސަގާފަތެއް ކުންފުނީގައި ދެމެހެއްޓުމަށް. އުރީދޫ އިން ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވާ އަމާޒަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ކުރިއެރުންކަމަށް ވުމުން، އުރީދޫގެ އައު ޓެގްލައިން “އަޕްގްރޭޑް ޔޯ ވޯލްޑް”، ވަރަށް ފުރިހަމައަށް މި އަމާޒު ދޭހަކޮށްދޭ.”

“އަޅުގަނޑުމެންގެ އާ ބްރޭންޑް ލޯގޯ އާއި ޓެގްލައިންވަނީ ދިވެހި މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައި. އުރީދޫ މޯލްޑިވްސްގެ ފެށުމުން ފެށިގެން ބޮޑެތި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް، އުރީދޫ މޯލްޑިވްސް މިހާރު މިވަނީ މުއާސަލަތީ ޙިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭންފަށައިފައި. އުރީދޫގެ އާ ޓެގްލައިން – “އަޕްގްރޭޑް ޔޯ ވޯލްޑް” އިން މި ބަދަލުތައް ދައްކުވައިދޭ އަދި ޓެކްނޮލޮޖީއާއި އެކު ހުޅުވިގެންދާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެންގެ ތަސައްވުރު ވަރަށް ރަނގަޅަށް ދޭހަކޮށްދޭ. މުޅި ރާއްޖެ ހިމެނޭ ގޮތައް ބިނާކޮށްފައިވާ 4ޖީ+ ނެޓްވޯކް އަދި  އުރީދޫގެ ވަރުގަދަ 5ޖީ ނެޓްވޯކްގެ އެހީގައި ޑިޖިޓަލް ދިވެހިރާއްޖެ އެއް ބިނާކޮށް، ސްމާޓް ސިޓީސް، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައު މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި، ހުރިހާ ގޮތަކުންވެސް ތިޔަބޭފުޅުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ.” އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ. 

ކުންފުނިއަށް އައު ބަދަލާއެކު ކަސްޓަމަރުން އައު ހަރުފަތަކަށް

‘”އަޕްގްރޭޑް ޔޯ ވޯލްޑް” މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާގޮތައް ޙިދުމަތްތަކާއި ޕެކޭޖްތައް އިޙްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންގޮސް، އުރީދޫ އާއި އެކު ކުރެވޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދެވޭނެއެވެ.

2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް ގާއިމްވި ހިސާބުން، އެ ކުންފުނި ވަނީ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ބިނާ ކުރުމަށް މެދުކެނޑުމެއްނެތި ބޮޑެތި އިންވެސްޓްމަންޓްތައްކޮށް އިންގިލާބީ ބޮޑެތި ބަދަލްތަކެއް ގެނެސްފައެވެ. ޑިޖިޓަލް ޚިދުމަތްތައް ތަޢާރަފްކޮށް، ވިޔަފާރިތަކާއި މުޖުތަމަޢުތައް ކުރިއެރުވުމުގައި އިސް ރޯލެއް އަދާކޮށް އަހަރުން އަހަރަށް ބްރޭންޑް ވެލިއު އިތުރުކޮށް، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏަކަށް ވަނީ ބަދަލުވެފައެވެ. 

ފާއިތުވި އަހަރުތަކުގެ ތެރޭގައި، އުރީދޫ މޯލްޑިވްސްއިން ވަނީ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯރކް ރާއްޖެއަށް ތައާރަފްކޮށް 5ޖީ އެއަރފައިބަރ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް އިތުރު ފުރުސަތުތައްވަނީ ހުޅުވަލަދީފައެވެ. އުރީދޫގެ ކުރިއަރާފައިވާ ނެޓްވޯކާއި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ އެހީގައި ސްމާޓް ސިޓީ، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން ކަސްޓަމަރުންނަށް ފަހިކޮށްދެމުންނެވެ.

އުރީދޫ އެޕް މެދުވެރިކޮށް ޙިދުމަތްތައް އެއް ޕްލެޓްފޯމެކުން ފުރިހަމަ ޑިޖިޓަލް މޮބައިލް އެކްސްޕީރިއަންސެއް ފޯރުކޮށްދެއެވެ. އުރީދޫ މޯލްޑިވްސް މޮބައިލް މަނީ ގެ ޚިދުމަތް އެމް-ފައިސާ އަކީ ފައިސާ ދެއްކުމުގައި، ވަކިން ޚާއްސަކޮށް ބޭންކް ޙިދުމަތް ހޯދުމުގައި ދަތިތައް ދިމާވާ މުޖުތަމަޢުތަކަށް، ފަސޭހައިން ފައިސާ ދެއްކޭނެ ރައްކާތެރި އަދި ފަސޭހަ ޙިދުމަތެކެވެ. އުރީދޫ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނާއި ކައިރި އަދި ދުރުގައިވާ ވިޔަފާރިތަކާ ގުޅުވާލަދެއެވެ. 

އަދި ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން ދަނީ މުވައްޒަފުންގެ ކުރިއެރުމަށް ބޮޑެތި އިންވެސްޓްމެންޓްތައްކޮށްް، ހުނަރުވެރި ޒުވާން ލީޑަރުން ބިނާކޮށް އަންނަން އޮތް ޖީލު ކުރިއެރުވުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އުރީދޫ ގްރޫޕް ސީއީއޯ އަދި ޤަތަރުގެ ޑެޕިއުޓީ ސީއީއޯ ޝައިޚް މުޙައްމަދު ބިން ޢަބްދުالله އަލްޘާނީ ވިދާޅުވީ “އުރީދޫ ބްރޭންޑް އަށް މި ގެނެވުނު ބަދަލާ އެކުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އަޅުގަނޑުމެންގެ ބިޒްނަސް މޮޑެލް އާއި އެންމެ ކުރިއަރާފައިވާ ޓެލްކޯ ޙިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޙިދުމަތްތައް ދާނީ އިތުރަށް ފުޅާވެ ކަސްޓަމަރުންގެ ކުރިއެރުމަށް މަގު ފަހިވަމުން. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މަސައްކަތާއި ގޭތެރޭގެ ދިރިއުޅުން، ހަލުވި ސްޕީޑެއްގައި ޑިޖިޓަލްވަމުންދާތަން، އިތުބާރުކުރެވޭ މުވާއްސަލާތީ ޕްރޮވައިޑަރެއްގެ މުހިންމުކަން އިތުރުވެގެންދާތަން. އަޅުގަނޑުމެންގެ އާ ބްރޭންޑް ޕޮޒިޝަން ގެ ސަބަބުން އުރީދޫ އޮޕަރޭޓްކުރާ ހުރިހާ މާކެޓެއްގައިވެސް އަޅުގަނޑުމެންގެ ކަސްޓަމަރުން އިތުރު ހަރުފަތަކަށް ގެންދެވޭނެ؛ އަދި، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތަކުގެ ވަރުގަދަ އީކޯސިސްޓަމެއް މެދުވެރިކޮށް ގުޅުވާލަދީ، ދުނިޔޭގެ ފެންވަރުގައި އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ.”

ފާއިތުވެދިޔަ އަހަރުތަކުގައި، އުރީދޫ ގްރޫޕްގެ ޑިޖިޓަލް ޙިދުމަތްތަކަށް ބޭނުންވާ ވަރުގަދަ ނެޓްވޯކާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ހިންގާ ޓްރާންސްފޮމޭޝަން ޕްރޮގްރާމް އާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިންވެސް ދަނީ ނެޓްވޯކްތަކާއި ޓެކްނޮލޮޖީ އަދި މީހުން އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.