300 ޖީބީގެ ބޯނަސް ޑޭޓާއާ އެކު އުރީދޫ ސުޕަނެޓް ބާރަށަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހއ. ބާރަށަށް މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫއިން އެ ހިދުމަތް ތައާރަފު ކޮށްފައި ވަނީ އެރަށުގެ ރައްޔިތުންނަށް ހާއްސަ ޕްރޮމޯޝަނާ އެކު އެވެ. އެގޮތުން، އެ ހިދުމަތަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް 300 ޖީބީގެ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ގަތަރުގައި ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯ ގައި އޮޓަމެޓިކުން ބައިވެރިވެވޭނެ އެވެ.

އެ ހިދުމަތް ތައާރަފު ކުރުމާއި ގުޅިގެން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ފައިބާ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތާއި އެކު މިވަގުތު މާކެޓްގައި ހުރި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ. އަދި އެ ޕްލޭންތައް، އަލަށް އެ ހިދުމަތް ތައާރަފްވި ރަށްރަށުގެ ރައްޔިތުންނަށް ލިބިގެން ދިޔުމަކީ އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫއިން ބުނީ އެ ކުންފުނިން ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ.

އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އާއި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ. އަދި ސުޕަނެޓް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަގެ ހިދުމަތާއި، މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.