ބީއެމްއެލް “ސްމޯލް ގްރާންޓްސް” އަށް ހުށަހެޅުމުގެ ފަހު ތަރީޚަކީ މިމަހުގެ 15

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމަށް ބީއެމްއެލް އިން ފެށި ޕްރޮޖެކްޓަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އަށް ހަމަވާނެ ކަމަށް އެތަނުން ބުނެފި އެވެ.

ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި ‘ސްމޯލް ގްރާންޓް’ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ނިޔަލަށް ހަމަވާނެ ކަމަށް ކަމަށް އެތަނުން ބުނެފި އެވެ.

މި ފަންޑުން ތިމާވެއްޓާ ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތަކަށް އެހީ ދޭނެ އެވެ. ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓް ތަކަށް ހިލޭ އެހީ ލިބިގެންދާނެ ކަމަށެވެ.

“މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރެއްވުން.” ސައީދު ވިދާޅުވި އެވެ.

31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ. މި ފަންޑިންގ އަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލް އަދި ފަންޑިންގ އަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.