ބީއެމްއެލް އިން ހައުސިން ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ކުރީކޮޅު އިއުލާން ކުރި ހައުސިންގ ގްރާންޓް ލިބޭ ފަރާތްތައް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހާމަކޮށްފި އެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުގެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅުމަށް ގެ އިމާރާތްކޮށް ފަރުނީޗަރު ހޯދައިދޭނެ އެވެ.

ބީއެމްއެލް އިން މި ފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ފާހަގަކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ. މި ގޮތުން ލިބުނު ހުށަހެޅުންތައް ވަޒަންކުރުމަށް ފަހު ހައުސިންގ ގްރާންޓް ލިބޭ ފަރާތްތައް މިވަނީ ހޮވާފައެވެ.

ހައުސިންގ ގްރާންޓް ލިބޭ ފަރާތްތަކަކީ:

  • ސުކޫން، ށ. ފުނަދޫ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ޔުނިޓީ ސްޕޯޓްސް އެކަޑަމީ އިން
  • ޢިޝާ، ނ. ވެލިދޫ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ވެލިދޫ ފިއުޗަރ ފައުންޑޭޝަން އިން 
  • ސަންހިޔާ، އދ. މާމިގިލި. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން އިން

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ހައުސިންގ ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ސްޓްރެޓަޖީގެ ބޮޑު އަމާޒެއް ކަމަށެވެ.

“އަޅުގަނޑުމެންގެ މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ހައުސިންގ ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުން.”

ހައުސިންގ ގްރާންޓް ތައާރަފް ކުރެވުނީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.