ބީއެމްއެލް އިނޮވޭޝަން ލެބް ހެކަތަން މިއަދު ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ އިނޮވޭޝަން ލެބް ހެކަތަން މިއަދު ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، މިހެކަތަން ފެށީ 30އަށް ވުރެ ގިނަ ބައިވެރިންނާއެކު، ހޮޓެލް ޖެންގައި ކަމަށެވެ.

މި ހެކަތަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ‘ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް’ ތީމްގެ ދަށުންނެވެ.

48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަންގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންނާއި ޓީމްތަކަށް ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ހެކަތަންގައި 3 ޓީމު ހޮވައި، މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި މުއްދަތުގައި ބޭންކުގެ ފަރާތުން، މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް ހަމަޖައްސައިދިނުންމާއި، ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ ދިނުމުގެ އިތުރުން، ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ހެކަތަން ކާމިޔާބު ކުރާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގަ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.