ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ބީއެމްއެލްގެ “ސްޓާފް އެވޯޑްސް” ހަފްލާގައި ވަނީ އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރި އެބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފަ އެވެ.

މި ހަފްލާގައި، ޙަސަން އަޤްލީމް (ނޯތު ކްލަސްޓަރ މެނޭޖަރ) އަދި މުޙައްމަދު އަޝްރަފް (ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް) ވަނީ ޝަރަފުވެރި އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފަ އެވެ. ފާތިމަތު ފާރިހަތު ވަހީދު (ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަރނަންސް)، ޢަބުދުﷲ ޞަބާޙް (ސީނިއަރ މެނޭޖަރ، ޕްރީމިއަމް ބޭންކިންގ) އަދި ބީއެމްއެލް މޯބައިލް އެޕް ޓީމް ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދާފަ އެވެ. މުޙައްމަދު ސަޢީދު (ފަބްލިކް ރިލޭޝަންސް މޭނޭޖަރ) ވަނީ ބެސްޓް ލީޑަރ އެވޯޑް އަދި އަލީ ޒައިދު މުޙައްމަދު (ކޮމްޕްލައަންސް މެނޭޖަރ) ވަނީ ބެސްޓް މެނޭޖަރ އެވޯޑުވަނީ ހޯދާފަ އެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފަ އެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ބެސްޓް އެޓޯލް އެމްޕްލޯއީ، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެ އެވެ. މި ހަފްލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީނާއި ބޭންކުގެ ބޯޑުގެ ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.

ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީގެ މުހިންމު ބައެއްކަމަށް އެ ބޭންކުން ހާމަކުރައްވައެވެ. ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއި ން އިން ދޭ ޝަރަފުވެރި އެވޯޑް “އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ވިދިވިދިގެން ހަތަރު ފަހަރަށް ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.