ބީއެމްއެލްއިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ މިއަދުން ފެށިގެން އަންނަ މަހު 16 ދުވަހުގެ ނިޔަލަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއަދު ފެށި ޕްރޮމޯޝަންގެ މުއްދަތުގައި، ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން ކަނޑައަޅާފައިވާ އިނާމު ތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހުޅުވާ 1500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200 ރުފިޔާ ޖަމާކުރެވޭނެއެވެ. އަދި ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރިލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ އިތުރުން ޕްރޮމޯޝަން ނިމޭއިރު، 50 ފަރާތަކަށް 2،500 ރުފިޔާގެ އިނާމެއް ވެސް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ޕްރޮމޯޝަންގެ މުއްދަތުގައި، ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ކައުންޓަރެއް ހުންނާނެކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ގައި ހިދުމަތް ދިނުން ކުރިއަށް ދާނެއެވެ.

މީގެ އިތުރުން މި މަހުގެ 29 ވާ ހޮނިހިރު ދުވަހު ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ހާއްސަކޮށް ބީއެމްއެލް އެކައުންޓް އޯޕަނިން ސެންޓާ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވިފައި ހުންނާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް އިތުރު މައުލޫމާތު ބޭނުން ވަާނަ މި ލިންކް މެދުވެރި ކޮށް ލިބެން ހުންނާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.