ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓު ހިތާދުއަށް

ދިރާގުގެ ފައިބާ އިންޓަނެޓުގެ ހިދުމަތް ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ތައާރަފު ކުރަމުން. — ފޮޓޯ: ދިރާގު

ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް ބ. ހިތާދޫގައި ފަށައިފި އެވެ.

ދިރާގުން ބުނީ އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކު ކަމަށެވެ. އެގޮތުން އެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ގުޅައިދިނުމާއި، ރައުޓަރު ދޫކުރަނީ ހިލޭ ކަމަށް ބުންޏެވެ.

ފައިބާ އިންޓަނެޓުގެ ހިދުމަތާ ގުޅިގެން އެ ރަށުގައި ދިރާގު ޓީވީގެ ހިދުމަތަށް އެދި ހުށަހެޅުމަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ގުޅާ ދިނުމާއި، ޑީކޯޑަރު ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އެ ރަށުގެ ކަސްޓަމަރުންނަށް މިހާރު ހަލުވި ސްޕީޑުގައި، ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ޕެކޭޖުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ދިރާގުން އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ފައިބާ އިންޓަނެޓުގެ ހިދުމަތް ދަނީ ތައާރަފް ކުރަމުންނެވެ.

ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެ ކުންފުނީގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.