ބ. އޭދަފުށީ ހުޅަނގު ކޮޅު ހިއްކި ސަރަހައްދުގައި ބާއްވާފައިއޮތް ހައިމާކަކާއި ބޮބްކެޓްގެ ވެރިފަރާތް ހޯދަން ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
ހައިމާކަކާއި ބޮބްކެޓްގެ ފޮޓޯ އާ އެކު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ރަށުގެ ހުޅަނގު ކޮޅު ހިއްކި ސަރަހައްދުގައި ވެރިފަރާތެއް ނޭނގޭ (ރަޖިސްޓްރީ ނަމްބަރު ނެތް) ހަލާކުވެފައިވާ ހައިމާކަމާއި ބޮބްކެޓެއް އެ ސަރަހައްދުގައި ބާއްވާފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
އޭގެ ވެރިފަރާތެއްވާނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ސަހަރައްދުން އެތަކެތި ނެގުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
އޭދަފުށީ ކައުންސިލުން ބުނީ އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އތަކެތި އޮތްނަމަ ވެރިފަރާތެއްނެތް ތަކެތިކަމަށް ބަލައި ކައުންސިލުން އެތަކެތި ނައްތާލާނެ ކަމަށެވެ.