ބ. އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މޭކަޕް ކުރުމާއި ހެއާ ސްޓައިލްކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަން ނިންމައިފި އެވެ.
“މޭކްއަޕް އެންޑް ހެއާކަޓް” ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 13-14 އަށް އޭދަފުށީގަ އެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.
ދެ ދުވަހުގެ މުއްދަތަށް މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުން ނަގަން ނިންމާފައި ވަނީ 1000ރ. އެވެ.
އަންހެނުންގެ ކޮމެޓީން ބުނި ގޮތުގައި މި ވޯކްޝޮޕަކީ ގިނަ ބައެއްގެ އެދުމާއެކު އެފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބާއްވާ ވޯކްޝޮޕެއް ކަމަށެވެ.
މި ކޯހާގުޅޭ އިތުރު މައުލޫމާތު 7547765 އިން ލިބޭނެ ކަމަށް އަންހެނުން ކޮމެޓީން ބުންޏެވެ.