ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު އެމްއެސް ލައިޓް ހިލޭ

ވޯލްޑްކަޕުގެ ފޯރިގަދަ ކުރުމަށް އުރީދޫން ރާވާފައިވާ ހަރަކާތްތަކަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ފޮޓޯ: މިހާރު

މީޑިއާނެޓުގެ ސްޓްރީމިން ޕްލެޓްފޯމު، އެމްއެސްޓީވީ މެދުވެރިކޮށް ވޯލްޑްކަޕް ބެލުމަށް ހާއްސަ އޮފާއެއް އުރީދޫން ތައާރަފްކޮށްފިއެވެ.

އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ މީޑިއާނެޓާ ގުޅިގެން ހާއްސަ ޕްރޮޑަކްޓްތަކެއް ލޯންޗްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންމެ ފުރަތަމަ ލީންޗްކުރުމަށް ހަމަޖެހިފައިވަނީ އެޕް މެދުވެރިކޮށް ވޯލްޑް ކަޕްގެ ހުރިހަ މެޗެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

“ވަރަށް ފަސޭހަ. ވަރަށް ސިމްޕަލް ޕެކޭޖްތަކެއް. 250 ރުފިޔާއަށް 100ޖީބީއާއެކު މީޑިއާނެޓްގެ ސަބްސްކްރިޕްޝަން ލިބިގެންދާނެ. 100 ޖީބީއަކީ މުބާރާތް އެއްކޮށް ބަލާލަން ވަރަށް އެކަށީގެންވާ މިންވަރެއް. މި ޕެކޭޖް މި ހަފްތާ ތެރޭގައި އާންމުކޮށްލާނެ” ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން “ގޯލާ”އެޕާ އެކު އުރީދޫން ވަނީ ޕާޓްނާޝިޕު ހަދާފައެވެ. މި މުބާރާތުގައި ކޮންމެ މީހަކަށްވެސް ބައިވެވޭނެ ކަމަށާއި ސްކޯ ދިމާ ކުރާ 7 ކަސްޓަމަރުން ހާއްސަ އިނާމްތަކެއް ލިބިގެންދާނެއެވެ.

“މި މުބާރާތުގައި އެންމެ ގިނައިން ސްކޯ ޕްރެޑިކްޓް ކުރާ 7 ކަސްޓަަމަރުންނަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ. އޭގެ ތެރޭގައި އައިފޯން 14 އާއި ރިސޯޓް ދަތުރެއްވެސް ހިމެނޭ. އަދި ސީ ގިއަރގެ އިނާމްތައްވެސް ލިބިގެންދާނެ” ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ ޕީއެސް 5 ގެ ފީފާ 2023ގެ އުރީދޫ ނޭޝަންގެ ޓޯނަމެންޓެވެ. ރާއްޖޭގެ 4 ސިޓީގައި ތިބެގެން މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. މި މުބާރާތުން ވަނަ ލިބޭ ފަރާތަތްތަކަށް ޕީއެސް 5ގެ އިތުރުން ޓީވީ އެއް ވެސް ހުށަހަޅާފައިވާ ކަމަށް އުރީދޫން މަޢުލޫމާތު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.