ލޯޔަލްޓީ ރިވޯޑު ލިބޭ ޕާޕަލްލޭން އެޕާ އުރީދޫން ގުޅިއްޖެ

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑާ އެޕަށް ކްލަބް ޕްރިމިއާ މެމްބަރުންނަށް ލިބޭ ހިދުމަތްތައް ތައާރަފު ކުރަނީ. — ފޮޓޯ: އުރީދޫ

އުރީދޫން ޕާޕަލްލޭން ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާ ގުޅި، ޕާޕަލްލޭން އެޕުން ކްލަބް ޕްރިމިއާ ކާޑާއި ކަސްޓަމަރުންނަށް ފައިދާތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.

އުރީދޫ އާއި ޕާޕަލްލޭންގެ ގުޅުން ރަސްމީކުރީ، ސީހައުސް މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އުރީދުގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕްލްލޭން އެޕްގެ ކޯ-ފައުންޑަރު އުމަރު ފިކުރީ އެވެ.

އުރީދޫން ބުނި ގޮތުގައި، ޕާޕަލްލޭން އެޕުން: އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު ބަލާލެވޭނެ އެވެ. އަދި ކްލަބް ޕްރިމިއާ ޕާޓްނަރުންގެ އަތުން ލިބޭ ޑިސްކައުންޓުތަކާއި އޮފާތައް ވެސ ބަލާލެވޭނެ

އުރީދޫ-ޕާޕަލްލޭން ޕާޓްނާޝިޕާ ގުޅޭ ގޮތުން އުރީދޫގެ ނިޔާޒު ވިދާޅުވީ، މި ގުޅުމާ އެކީ އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ފަސޭހާކަމާ އެކީ ލިބި، ހިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. އަދި އުރީދޫއާ އެކީ، ޕާޕަލްލޭން އިތުރަށް ފުޅާވެގެން ދިޔުމަކީ އުއްމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ޕާޕަލްލޭން އަކީ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ވިޔަފާރިކޮށްލުމުން ކަސްޓަމަރުންނަށް ރިވާޑް ދޭ ފުރަތަމަ ދިވެހި ޕްލެޓްފޯމް ކަމަށް ވުމުން އަޅުގަނޑުމެން އުއްމީދަކީ މި ޕްލެޓްފޯމް ވެސް އިތުރަށް ކުރިއަރައި ފުޅާވެގެން ދިޔުން،” ނިޔާޒު ވިދާޅުވި އެވެ.

“މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޕާޓްނަރުންނަށް އަދި ކަސްޓަމަރުންނަށް ވެސް އަޅުގަނޑުމެންގެ ލޯޔަލްޓީ ޕްލެޓްފޯމް ބޭނުންކޮށްގެން މުއާމަލާތުކޮށް، އެ ދެ ފަރާތައް ވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފަހިވެގެންދާނެ،” އުރީދޫއާ ގުޅުމުން ޕާޕަލްލޭންއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ފާހަގަކުރައްވަމުން ޕާޕަލްލޭންގެ އުމަރު ވިދާޅުވި އެވެ.

ޕާޕަލްލޭން އެޕްލިކޭޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ރިވާޑް އަދި ވިޔަފާރިތަކުގެ ލޯޔަލްޓީ ޕްރޮގްރާމާ ކާޑުތައް ފަސޭހަކަމާ އެކު އެއްތަނަކުން ފެންނަން ހުންނަ ޕްލެޓްފޯމެކެވެ. ޕާޕަލްލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފާތައް އިޝްތިހާރު ވެސް ކުރެވޭނެ އެވެ.

މި އެޕުން އުރީދޫގެ ކަސްޓަމަރުންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި، އުރީދޫ ކްލަބް ޕްރިމިއާއިން ލިބޭ އޮފާތައް ސްމާޓްފޯނުން ބޭނުންކުރެވޭ ގޮތް ފަހިވެގެން ދިޔުމެވެ. އެގޮތުން، ކްލަބް ޕްރިމިއާގެ ޕާޓްނާ ވިޔަފާރިތަކުން %20އާ ހަމައަށް ލިބޭ ޑިސްކައުންޓު ފަސޭހަ ކަމާ އެކީ ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.