
މިހާރަކަށް އައިސް ބ. ތުޅާދޫގައި ވައްކަންކުރުން އިތުރުވެފައިވާތީ، ރައްޔިތުންގެ މުދަލާއި ފައިސާ އަށް ރައްކާތެރިވުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ތުޅާދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް އެރަށުގައި ވައްކަން އިތުރުވެފައިވާ ކަމަށެވެ.
“ވަކިން ޚާއްސަކޮށް މީހުން ނޫޅޭ ފަޅު ގޯތި ތަކުގައި ބަހައްޓާފައިހުރި ތަކެއްޗަށް އިތުރު ސަމާލުކަމެއްދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރެއްވުން އެދެމެވެ،” ވައްކަން އިތުރުވުމާ ގުޅިގެން ތުޅާދޫ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެއްވެސް ފަރާތަކުން އަގުބޮޑު ތަކެތި ހެޔޮ އަގުގައި ވިއްކާނަމަ، ލަސް ނުކޮށް އެކަން ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރުމަށް ވެސް އެރަށު ކައުންސިލުން އެދެއެވެ.