ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑް ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާފައިވާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިފަހަރު ހޮވުނު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހއ. މާރަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީ ކުރުމާއި ނ. ޅޮހީގައި ބީޗް ޕިކްނިކް ޕާކެއް ތަރައްގީ ކުރުމާއި ލ. މުންޑޫ ހާބަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމް ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ގއ. ކޮނޑޭގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުމާއި މަޑުއްވަރީ ސްކޫލުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުމާއި ފޯކައިދޫ ސްކޫލް ކޮމްޕިއުޓަރު ލެބް ތަރައްގީ ކުރުން ހިމެނެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑް އެހީ ލިބޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި ށ. މިލަންދޫ ސްކޫލުގެ އަލިމަސް ޕާކު ތަރައްގީ ކުރުމާއި ލ. ފޮނަދޫ ކްލާސް ރޫމް ޑިޖިޓަލައިޒް ކުރުމުގެ އިތުރުން ބ. މާޅޮހުގައި މަގު ބައްތި ހަރުކުރުމާއި ސ. ހިތަދޫގައި ކޮމިއުނިޓީ ގާޑަންއެއް ހެދުން ހިމެނެ އެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.