އުރީދޫން 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފި

ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.

ހެލްތް ކިޓްތައް ހަވާލުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހއ އަދި ހދ އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒާއި އދ މާމިގިލީ ސިއްހީ މަރުކަޒު ހިމެނެއެވެ.

ހެލްތް ކިޓްތައް ބެހުމަށް ހަމަޖެހިފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަ ލަނޑުދަނޑި (“ގްލޯބަލް ގޯލްސް”) ކަމަށް ވާ “ގުޑް ހެލްތް އެންޑް ވެލްބީންގް” ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

ޞިއްޙީ މަރުކަޒުތަކަށް ހަދިޔާ ކުރާ ހެލްތް ކިޓްތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭގޮތައް ތައްޔާރު ކުރެވިފައިވާ ކިޓްތަކެކެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކަށް އަޕްޑޭޓް ޑިޖިޓަލް އާލާތްތަކުގެ ބޭނުންތެރިކަން ދެނެގަނެ، މި ކިޓްތައް ހަދިޔާކޮށް، ޞިއްޙީ މަރުކަޒުތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހއ އަދި ހދ އަތޮޅުގެ ހުރިހާ ޞިއްޙީ މަރުކަޒުތައް ހިމެނޭގޮތަށް 28 ޞިއްޙީ މަރުކަޒަކަށް މިހާރު އަޅުގަނޑުމެން ވަނީ ހެލްތް ކިޓް ފޯރުކޮށްދީފައި. އަދި ކުރިއަށް އިތް ތަނުގައި ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަކަށް ހެލްތް ކިޓް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން. “އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އެވެ.

ޕެންޑެމިކްއަށް ފަހު ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމުގެ މުހިންމުކަން އިތުރުވެފައިވާތީ، އުރީދޫ މޯލްޑިވްސްއިން ވަނީ 2022 ވަނަ އަހަރުގެ ސީއެސްއާރު ފޯކަސްގެ ގޮތުގައި ހެލްތް އެންޑް ވެލްނެސް އަށް އެއްބާރުލުން ދީ ކުރިއެރުވުމަށް މުހިންމުކަމެއް ދެއްވައިފައެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށްވެސް އުރީދޫއިން ދަނީ މިހާރުވެސް މަސައްކަތްކުރަމުންނެވެ. 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވޭ އުރީދޫ ކަލަރ ރަން “އަޕްގްރޭޑް ޔޯ ވޯލްޑް” ކެމްޕެއިންގެ ދަށުން މިއަހަރު ވަނީ އުރީދޫ ފަން ރަންއަށް ބަދަލުކޮށް، ކޮންމެ 1 ކިލޯމީޓަރުގެ ސްޓޭޝަނުން ކުލަ ޖެހުމުގެ އިތުރުން މަޖާ އޮބްސްޓެކަލްތަކާއި ފެނާއި ފޯމް ހިމެނޭ އެންމެ އުފާވެރި 5ކޭ ރަންގެ ގޮތުގައި އަޕްގްރޭޑްކޮށްފައެވެ. މި އަޕްގްރޭޑަކީ ދުވުން އިތުރަށް މަޖާކޮށް، ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ.

2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން، ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫ އިން ފޯރުކޮށްދީފައެވެ. ހަމަ އެއާއެކު، ކޯވިޑާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ވަނީ 2،500،000.00 ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.

އުރީދޫން ބުނިގޮތުގައި މުޖުތަމައު ތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ ކާރިސާގެ ވަގުތުތަކުގައި، ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކާ ގުޅުވާލަދޭ، މުހިންމު މައުލޫމާތުތައް ލިބިގަތުން ފަހި ކޮށްދީ، ގޮންޖެހުންތަކުން އަރައި ގަތުމަށް މަގު ފަހިކޮށްދޭ ގާތް ބައިވެރިއެކެވެ.

“އަޅުގަނޑުމެންގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެންގެ ޕްލެޓްފޯމް ތަކާއި ވަސީލަތްތަކުގެ އެހީގައި، އީޖާދީ ޙައްލު ތަކާއެކު، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ،” އުރީދޫން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.