ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗު ބަލާލަން ގަތަރަށް ދާ ނަސީބުވެރިންނަށް އުރީދޫން ޓިކެޓް ހަވާލުކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުގައި ފްރާންސް އާއި މޮރޮކޯ ބައްދަލުކުރި މެޗު ގަތަރުގައި ލައިވްކޮށް ބަލާލުމަށް އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަށް އުރީދޫ މޯލްޑިވްސް އިން ޓިކެޓް ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.

މި ހާއްސަ ލަކީޑްރޯއަކީ ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތްކުރާ ކަސްޓަމަރުން ހިމެނޭ ގޮތަށް މި އަހަރުގެ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 31 އޮކްޓޯބަރު 2022 ގެ ނިޔަލަށް އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިގެން ކުރިއަށްގެންދިޔަ ލަކީޑްރޯއެކެވެ. 

އުރީދޫ ފުޓްބޯލް ފޯރި ލަކީ ޑްރޯ ގެ ނަސީބުވެރިން އެންމެ ފުރަތަމަ ހޮވާފައިވަނީ 7 ނޮވެމްބަރު 2022 ގައި ރާއްޖެ ޓީވީއިން ރޯޑް ޓު ވޯލްޑްކަޕް ޝޯގައި ލައިވްކޮށެވެ. ފުރަތަމަ ހޮވުނު ނަސީބުވެރިންގެ ތެރެއިން ބައެއްފަރާތްތަކަށް ދަތުރު ނުކުރެވޭތީ 12 ޑިސެމްބަރު 2022 ގައި ރެޑްރޯ އެއް ނަގާފައިވާ ކަމައްވެސް އުރީދޫ މޯލްޑިވްސްއިން ބުންޏެވެ.

ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރ ހާފިޒް ސައީދެވެ. ނަސީބުވެރިންނަށް ގަތަރަށް ރިޓާން ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ބެލުމަ ސްޓޭޑިއަމްގެ ޓިކެޓް ލިބިވަޑައިގަންނަވައެވެ. މި ހަތަރު ނަސީބުވެރި ފަރާތުން ގަތަރުގައި 4 ދުވަހާއި 3 ރޭ ތިބޭއިރު ފީފާ ވޯލްޑް ކަޕް 2022 ގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ލަކީޑްރޯއަކީ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕް ގެ ތަޖުރިބާ އެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

މި ލަކީޑްރޯގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ އެކު ހާއްސަ ލަވައެއް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން އުރީދޫން ވަނީ އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއްވެސް ބާއްވާފައެވެ. ފީފާ ވޯލްޑް ކަޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

އުރީދޫން ބުނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަޖުރިބާ ހޯދުމަށާއި ތަޖުރިބާ އިތުރުކުރުމަށް ކަމަށެވެ. އުރީދޫ މޯލްޑިވްސް އިން ވަނީ ހަތަރު ނަސީބުވެރިންނަށް ގަތަރުގައި އުފާވެރި އަދި ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.