މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަންގެ ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން ރިސޯޓް ދަތުރެއް ލިބޭ ކެމްޕެއިނެއް ފަށައިފި އެވެ.
އުރީދޫން މިއަދު ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް “ފަން ރަން”ގެ ފޮޓޯއެއް، “ފަން ރަން މޫމްމެންޓް” ހޭޝްޓަގާއެކު ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރަންވާނެ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސް ޓެގް ކުރަން ޖެހެއެވެ.
އެ ކެމްޕެއިނަށް ފޮޓޯ ހުށަހަޅާ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ރިސޯޓެއްގައި ދެ ރޭ ހޭދަކުރެވޭ ދަތުރެއް އޯގާ އާޓް ރިސޯޓުން ލިބޭނެ އެވެ. އެ ދަތުރަކީ ދެ މީހަކަށް ދެވޭނެ ދަތުރެކެވެ. އެ ދަތުރުގެ ސްޕީޑް ބޯޓު ޓްރާންސްފާ ވެސް އުރީދޫން ހަމަޖައްސައި ދޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
އުރީދޫއިން ބާއްވަމުން ދިޔަ “ކަލާ ރަން” ރީ ބްރޭންޑުކޮށް ބޭއްވި ފުރަތަމަ “ފަން ރަން” އަށް ވަނީ ހޫނު ތަރުހީބެއް ލިބިފަ އެވެ. އެ ދުުވުމުގެ ގިނަ ފޮޓޯތަކެއް ދުވުން އޮތް ގަޑީގައި ބައިވެރިން ހިއްސާ ކުރި އެވެ.