އާ އަހަރަށް އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހަތަރު ތަނަކުން ޑިސްކައުންޓެއް

އުރީދޫގެ ކްލަބް ޕްރމިއާ ކަސްޓަމަރުންނަށް ހަތަރު ރެސްޓޯރަންޓަކުން 23 ޕަސެންޓާ ހަމައަށް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ޑިސްކައުންޓު ދޭން ނިންމައިފި އެވެ.

މި އަހަރުގެ ނިމުން ފާހަގަކޮށް، އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކް ކެފޭ އާާއި މީޓް ސްޓްރީޓް ރެސްޓޯރަންޓު އަދި މާލޭގައި ހުންނަ ކްރެޕޭ ރަނާ އާއި ކޮކޯ ޓްރީ އިން ޑިސްކައުންޓެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި މި އޮފާ ތައާރަފުކުރީ ކްލަބް ޕްރިމިއާ މެމްބަރުން އުރީދޫ މޯލްޑިވްސްއަށް ޒަމާނުއްސުރެ ކުރާ އިތުބާރާއި ވަފާތެރިކަމުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި 2022 ވަނަ އަހަރު ނިމުމުގެ އުފާ ފާޅުކޮށް، ރައްޓެހިންނާއި އާއިލާއާއެކު އާ އަހަރަކަށް މަރުހަބާ ކިޔަމުން އަންނައިރު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

ސެންޓްރަލް ޕާކް ކެފޭ

ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސެންޓްރަލް ޕާކް ކެފޭއިން ހޯމް ސްޓައިލްގެ ރަހަ މީރު ތަފާތު ވައްތަރުގެ ކެއުންތައް ހެޔޮ އަގެއްގައި ގެނެސްދިނުމަކީ އެ ރެސްޓޯރަންޓްގެ ވައުދެކެވެ. ގިނަ އަދަދެއްގެ ކެއުންތަކާއި އަރާމު މާހައުލަކާއެކު މި ކެފޭއަކީ ލޯބިވާ މީހުންނާއެކު ވަގުތުކޮޅެއް ހޭދަކުރަން ވަރަށް ފުރިހަމަ ކެފޭއެކެވެ.

ލޮކޭޝަން: ކިމްބިންގަސް މަގު – 01 ގޯޅި، ހުޅުމާލެ ފޭސް 1

މީޓް ސްޓްރީޓް

މީޓް ސްޓްރީޓަކީ މީޓަށް ލޯބިކުރާ އެންމެންނަށް ވެސް ކެއުމުގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބިގެންދާނެ ރެސްޓޯރަންޓްކެވެ. މީޓް ސްޓްރީޓުން އާ އަހަރާ ދިމާކޮށް ތަފާތު ހަތަރު ކަބާބް ސްޕެޝަލްއާ އެކު ހާއްސަ ކަބާބް ނައިޓެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ތަން: 10397، އަހިގަސް މަގު ހުޅުމާލެ ފޭސް 1

ކްރެޕެ ރަނާ

ރައްޓެހިންނާއި އާއިލާއާއެކު ބޭރުގައި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާ ކަސްޓަމަރުންނާއި ލުއި ނަމަވެސް ރަހަމީރު ކާއެއްޗެއް ބޭނުންފުޅުނަމަ ކްރެޕޭ ރަނަރަކީ ދާން ޖެހޭ ތަނެކެވެ. ސްރީލަންކާގެ އުފެއްދުމެއް ކަމައްވާ ކްރެޕޭ ރަނާ މަޝްހޫރުވެފައި ވަނީ އެންމެ ރަހަ މީރު ތަފާތު ވައްތަރު ގެ ފޮނި އަދި ކުޅި ކެޕޭ ތައްޔާރު ކުރާ ތަނެއްގެ ގޮތުގަ އެވެ.

ލޮކޭޝަން: ބޮޑުތަކުރުފާނު މަގު މާލެ

ކޮކޯ ޓްރީސް

ކޮކޯ ޓްރީސް އަކީ ދުނިޔޭގެ އެންމެ މަގުބޫލުކަން ހޯދާފައިވާ ޗޮކްލެޓް ބްރޭންޑްތައް ލިބޭ ޗޮކްލެޓަށް ލޯބިކުރާ މީހުންނަށް ހާއްސަ ފިހާރައެކެވެ. އާއިލާ އާއި ރައްޓެހިންނަށް ޝުކުރު އަދާކޮށް އާ އަހަރުގެ ތަހުނިޔާ ކިޔަން ބޭނުންވާ ކްލަބް ޕްރީމިއާ މެމްބަރުންނަށް ކޮކޯ ޓްރީސް އަށް ޒިޔާރަތްކޮށް ހުރިހާ އައިޓަމަކުން 23 ޕަސެންޓް ޑިސްކައުންޓް މިއަދާއި މާދަމާ ލިބޭނެ އެވެ.

ތަން: ހ. އާގަދާގޭ ގްރައުންޑް ފްލޯ، ބޮޑުތަކުރުފާނު މަގު، މާލެ، މޯލްޑިވްސް

ކްލަބް ޕްރިމިއާ ޚިދުމަތް އުރީދޫން ތައާރަފްކުރީއްސުރެން، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެ އެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެ އެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން އެންޑް އެއިސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.