އުރީދޫ މޯލްޑިވްސް އިން 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފްކޮށްފިއެވެ.
އުރީދޫން ބުނިގޮތުގައި ދިގު މުއްދަތަށް ބޭނުންކުރެވޭ މި ޕްރީޕެއިޑް ޕްލޭން – “އަހަރީ ޕްލޭން” ނަގާ ފަރާތްތަކަށް 3،000 ރުފިޔާއަށް ދުވާލަކު 1 ޖީބީ ޑެއިލީ ޑޭޓާ ލިބޭނެއެެވެ. އެއީ ޖުމްލަ 365 ޖީބީ ޑޭޓާއެވެ.
“އަހަރީ ޕްލޭން” ފަރުމާކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ އަދި ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްރީޕެއިޑް ކަސްޓަމަރުންނަށްކަމަށް އުރީދޫން ބުނެއެވެ. އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން ނެގޭނެއެވެ.
އަހަރީ ޕްލޭން އެކްޓިވޭޓް ކުރުމަށް އުރީދޫ އެޕްއިންވެސް، އަދި UD365 ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ 1#*929* އަށް ޑައަލްކޮށްގެން ނެގޭނެއެވެ.
އުރީދޫއަށް އަލަށް ގުޅޭ ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ އުރީދޫ ޕާޓްނަރ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެއެވެ.