
އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް ކިންގްސްޓަން މޯލްޑިވްސް އިން ވިއްކާ ސްކޫޕީ ސައިކަލެއް ގަންނަ ނަމަ، ހާއްސަ ޑިސްކައުންޓެއް ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.
މި އޮފާ ކުރިއަށް ދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން، މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ކިންގްސްޓަން ޝޯރޫމުން ވިއްކާ ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް ފައިސާ ދައްކާ ނަމަ، 11،899 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.
މި އޮފާގެ ދަށުން ގަންނަ ސައިކަލް ކަސްޓަމަރުނަނަށް 99 ދުވަސް ތެރޭ ކިންގްސްޓަން އިން ޑެލިވާ ކޮށްދޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
އުރީދޫ އިން ވަނީ އެމް-ފައިސާ މެދުވެރިކޮށް އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުން ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ.
މި ޕްރޮމޯޝަނުގެ ދަށުން 14 މެއި 2023 ގެ ކުރިން އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.
އެމް-ފައިސާ ވޮލެޓަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ނަގުދު ފައިސާއިން ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.
ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް އުރީދޫ އެޕް މެދުވެރިކޮށް އެމް ފައިސާއަށް ރަޖިސްޓްރީވެވޭނެއެވެ. މި ވޮލެޓް މެދުވެރިކޮށް، ޔޫޓިލިޓީ ބިލް ދެއްކުމާއި އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.