
އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް “މޫލީ” މެދުވެރިކޮށް ސްވީޓް ސަޕްރައިޒްގެ ނަމުގައި ޙާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގައާއި ދުރުގައިތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލެވޭނެއެވެ. މޫލީ މެދުވެރުކޮށް މި ހަދިޔާތައް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ފޮނުވާލެވޭނެއެވެ.
މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑް ތަކާއި، ކެކްޓަސްގެ މާ ބުކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނެއެވެ.
ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް މޫލީ www.moolee.mv އަށް ޒިޔާރްކުރުމަށްފަހު ޝޮޕް ހިޔާރުކުރެއްވުމަށްފަހި SWEET SURPRISE ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރުކޮށް ބޭނުންވާ އައިޓަމް ހިޔާރުކުރެއްވުމަށްފަހު ADD TO CART އަށް ފިތާލުމުން އެ ހަދިޔާއެއް ކާޓަށް ލެވޭނެއެވެ. އަދި ކާޓަށް ގޮސް ޗެކްއައުޓް ކުރުމަށްފަހު ޑެލިވަ ކުރަން ބޭނުންވާ އެޑްރެސް ޖެހުމަށްފަހު ފައިސާ ދައްކައި އެ ހަދިޔާ ގަނެލެވޭނެއެވެ.
މޫލީގެ ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 ގެ ނިޔަލަށެވެ.
އޮގަސްޓު, 07, 2019 ގައި ތައާރަފުކުރި އުރީދޫގެ މޫލީއަކީ މުޅި ރާއްޖެ އަށް ޑެލިވަރީކޮށްދޭ ޕްލެޓްފޯމެކެވެ. ގޭގައި ތިބެގެން ވިޔަފާރިކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ މީހަކަށް ލިބޭއިރު ވިޔަފާރިވެރިންނަށް އެ މީހުން ވިއްކާ މުދާ މޫލީ މެދުވެރިކޮށް ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ.