އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު

އުރީދޫގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަން ކަމަށްވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ކުރިން ރަޖިސްޓަރވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެ އެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެ އެވެ.

ކްރޮސްރޯޑްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 120 ހިއްސާދާރުންނަށް ކަމަށް އުރީދޫން ބުނެ އެވެ. އަދި މީގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް “ފަހިވޯޓު” މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަންނަމަހުގެ 6ވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.އަހަރީ އާންމު ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނަނީ ނިމިދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި، ބޯޑުން ކަނޑައަޅާ ހިއްސާގެ ފައިދާ އަދަދު ހިއްސާދާރުންގެ ވޯޓުން ނިންމުމާއި ކުރިއަށްއޮތް އަހަރަށް ކުންފުނީގެ ބޯޑު އަދި އޮޑިޓަރު ހޮވުން ފަދަ ކަންކަމެވެ.

އުރީދޫގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުންވަނީ ނިންމާފަ އެވެ.

2021ވަނަ އަހަރުގެ ހިއްސާއިން މިދިޔަ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 2.34 ރުފިޔާ އެވެ. އެހެންކަމުން މިއަހަރު ހިއްސާދާރުންނަށް ބަހަން ފާސްކޮށްފައިވާ އަދަދަކީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.