މޫލީ މެދުވެރިކޮށް މިއުޒިކަލް އައިޑޮލްގެ ޓިކެޓު ގަނެވޭނެ

މިއުޒިކަށް ޝައުގުވެރިވާ ފަރާތްތަކަށް މިއުޒިކަލް އައިޑޮލްގެ ޓިކެޓް، މޫލީ މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އީކޮމާސް ޕްލެޓްފޯމުން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިއުޒިކަލް އައިޑޮލްއަކީ މިއަހަރުގެ މާޗު މަހުގެ ތިން ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ދިވެހި އަދި އިންޑިއާގެ ހުނަރުވެރިން ލަވަކިޔުންތެރިންނާ އެކު ބާއްވާ ޚާއްސަ މިއުޒިކް ޝޯއެކެވެ.

މި ޝޯއިން އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ގެ ހުނަރު ފެންނާނެއެވެ.

މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް، ޝަލަބީ އިބްރާހީމާ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ރާފިޔަތު ރަމީޒާ ވެސް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

މިއުޒިކަލް އައިޑޮލްގެ ޓިކެޓުގެ އަގުތަކަށް ބަލާއިރު، ރެގިއުލާ ކްލާސް ޓިކެޓެއްގެ އަގު 80 ރުފިޔާއަށް އަދި ފާސްޓް ކްލާސް ޓިކެޓްގެ އަގު އުޅެނީ 150 ރުފިޔާއަށެވެ. އަދި ސިލްވާ ކްލާސް ޓިކެޓެއްގެ އަގު އުޅެނީ 500 ރުފިޔާއަށެވެ.

އުރީދޫއިން ބުނީ މޫލީ އިން ޓިކެޓް ގަތުމުން މާލެ އާއި ހުޅުމާލޭގައި ހުންނަ ކްލަބް ޕްރިމިއާ ލޯންޖާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ޓިކެޓް ނެގޭނެ ކަމަށެވެ.

ޓިކެޓް ގަތުމަށް http://ore.do/musicalidol ޒިޔާރަތްކޮށް ބޭނުންވާ ޓިކެޓް ކެޓަގަރީއަކުން ޓިކެޓް ގަނެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.