
ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އެންޖިނީރިންގ އަދި މެތެމެޓިކްސް) ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އުރީދޫއިން އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ވިމެން އިން ޓެކް މޯލްޑިވްސްއާއި އެކު ކުރިއަށްގެންދާ އުރީދޫ ސްޓެމް ފެއާ މިއަދު ފަށައިފިއެވެ.
އިއްޒުއްދީން ސްކޫލް ހޯލުގައި ދެ ދުވަހުގެ މުއްދަތަށް ބާއްވާ ފެއާ އާންމުންނަށް ހުޅުވާލާނީ މާދަމާ ހެނދުނު 10 އިން ހަވީރު 4 އާ ހަމައަށެވެ.
މި ފެއާ ގައި މުޅިއަކު 7 ސްކޫލަކުން ނޮވިސް، ޖޫނިއަރ އަދި ސީނިއަރ ކެޓަގަރީގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނެއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ ފެއާގެ މަގްސަދަކީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބީ ހޯދުމަށްޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ އިލްމާއި ހުނަރުން ބާރުވެރިކުރުވުން ކަމަށް ވެސް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ފަދަ ފެއާ އަކީ ސްޓެމްގެ ދާއިރާތަކުން ނުކުންނާނެ ޖީލެއް ބިނާ ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ވިދާޅުވި އެވެ.
އުރީދޫ ސްޓެމް ފެއާގައި 7 ސްކޫލަކުން ނޮވިސް، ޖޫނިއާ އަދި ސީނިއާ ކެޓަގަރީގައި ބައިވެރިވެފައިވެ އެވެ. ފެއާގައި ބައިވެރިވި ސްކޫލުތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލާއި އިސްކަންދަރާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލާއި މަޖީދިއްޔާ އަދި ކަލާފާނު ސްކޫލް ހިމެނެ އެވެ.
ފެއާގައި މިއަދު ކުރިއަށް ގެންދަނީ ދަރިވަރުންގެ ޕްރޮޖެކްޓުތައް ފަނޑިޔާރުން ބަލައި މާކްސް ދިނުމުގެ މަރުހަލާ އެވެ. އެ ފެއާގެ އެވޯޑު ހަފްލާ މާދަމާ ހަވީރު އޮންނާނެ އެވެ.