ބިދޭސީ މަސައްކަތްތެރިންނަށް ފޭލިން ރޯދަވީއްލުމެއް

ބިދޭސީންނަށް އިއްޔެ އެދަފުށީގައި ބޭއްވި ރޯދަ ވީއްލުމުގެ ތެރެއިން– ފޮޓޯ/ފޭލި

އޭދަފުށީގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އިސް ނަގައިގެން ރޯދަ ވީއްލުމެއް ދީފި އެވެ.

“އިފްތާރު 1444” ގެ ނަމުގައި އެހީ ޖަމިއްޔާ އާއި ގުޅިގެން ފޭލިން މި ރޯދަ ވީއްލުން އިއްޔެ ބާއްވާފައިވަނީ އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. މި ރޯދަވީއްލުމުގައި އޭދަފުށީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތެރިން ބައިވެރިވިކަމަށް ފޭލިން ބުންޏެވެ.  

“ރޯދަމަހަކީ އެކަކު އަނެކަކަށް އެހީތެރިވެ، މުޖުތަމައަށް ވީ ވަރަކުން އެހީތެރިވެ، ސޮދަގާތް ކުރުން ފަދަ އަޅުކަންތައްތައް އިތުރު ކުރަން ޖެހޭ މަހަކަށް ވާއިރު، މި ހަރަކާތުގެ ބޭނުމަކީ އެ ފަދަ ކަންތައްތައް ކުރުމުގައި މިސާލު ދައްކައި، ހިތްވަރު ދިނުން. އެގޮތުން މިއީ އެހީ ޖަމިއްޔާ އާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް،” ފޭލި ޖަމިއްޔާގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މި ޕްރޮރާމު ކުރިއަށް ގެންދިއުމުގައި އޭދަފުށީ ކައުންސިލާއި ރަށުގެ ހެޔޮއެދޭ ފަރާތްތަކުން ލިބޭ އެހީތެރިކަން ފާހަގަކޮށް ފޭލިން ޝުކުރު އަދާ ކުރެއެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި ރަމަޟާންމަހުގެ ފަހު ދިހައެއްގައި ވެސް އޭދަފުށީ މިސްކިތްތަކާއި މުއައްސަސާތަކުގައި ޑިއުޓީ ކުރަމުން ގެންދާ ފަރާތްތަކަށް މާދަމާއިން ފެށިން ރޯދަ ވީއްލުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.