މެރާކީއިން ކޮފީ ކެޕްސޫލް ލޯންޗުކޮށް، މޫލީ މެދުވެރިކޮށް ލިބޭ ގޮތް ހަދައިފި

މެރާކީ ކޮފީ ރޯސްޓާސްއިން އުފައްދާ ރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް މިއަދު ލޯންޗުކޮށްފި އެވެ.

އަމިއްލައަށް ނެތިފަނާވާ (ކޮމްޕޯސްޓަބަލް) މައުދަނަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ މި ކޮފީ ކެޕްސޫލަކީ، ފަސޭހަކަމާއެކު ރަހަ މީރު ކޮފީއެއް ކޮންމެ ވަގުތަކު، ކޮންމެ ތާކު ވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ކެޕްސޫލެކެވެ. ހެޔޮއަގުގައި ލިބެން ހުންނާނެ މިކެޕްސޫލް މޫލީ މެދުވެރިކޮށް ލިބޭއިރު، ކޮފީ ބޯ ފަރާތްތަކަށް އިތުރު އެއްވެސް ތުރާލެއް ނެތި، ގޭގައި ނުވަތަ އޮފީހުގައި ފެންވަރު ރަނގަޅު މީރު ކޮފީއެއް ހަދާލެވޭނެ އެވެ.

އުރީދޫން ބުނިގޮތުގައި އަލަށް ތައާރަފްކުރި މި ކޮފީ ކެޕްސޫލްތައް މޫލީ މެދުވެރިކޮށް ކޮންމެ ތާކު އަދި ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާއެކު ގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެ އެވެ. އަދި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މޫލީގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމާއި، އީޒީ ރިޓާންސް އަދި ގަންނަ ފަރާތްތަކަށް ޔަގީންކަމާއެކު ވިޔަފާރި ކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ އިތުރުން ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް ބޮޑު ކަސްޓަމާ ބޭސްއަކާއި ޑެލިވަރީގެ ޚިދުމަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމުގައި ވެސް މި ޕްލެޓްފޯމް އެހީތެރިވެދޭ ކަމަށް އުރީދުން ބުނެ އެވެ.

ތިން ބާވަތެއްގެ ކޮފީ ކެޕްސޫލް ލޯންޗުކުރިއިރު، މި ތިން ބާވަތަކީ ވެސް މުޅި އަހަރުގެ ތެރޭގައި ލިބެން ހުންނާނެ އުފެއްދުންތަކެކެވެ. އެއީ ކްލެސިކް އެސްޕްރެސޯއެއްގެ މަތިން ހަނދާންކޮށްދޭނެ “ޗޮކްލެޓީ އެންޑް ނަޓީ” ކޮފީއަކާއި ސިގްނޭޗާ ޑްރިންކެއްގައި ބޭނުންކުރަން އެންމެ ކަމުދާ ޒަމާނީ “ބްރައިޓް އެންޑް ސިޓްރަސީ” ކެޕްސޫލެއްގެ އިތުރުން އާއްމުކޮށް ކޮފީގައި އެކުލެވޭ ރަހަތަކާއި ތަފާތު ރަހަތަކެއް ހިމެނޭ “ސްވީޓް އެންޑް ފުރުޓީ” ކެޕްސޫލެކެވެ. މީގެ އިތުރުން ތަފާތު ސްޕެޝަލިޓީ ކޮފީއާއެކު، އެހެން ރަހަތައް ހިމެނޭ ކެޕްސޫލްތަކެއް އަހަރުގެ އެކި ހިސާބުތަކުގައި ލޯންޗުކުރުމަށް ވަނީ ރޭވިފަ އެވެ.

އުރީދޫން ބުނީ ހުރިހާ ކެޕްސޫލެއް ވެސް ފަރުމާކޮށްފައި ވަނީ ނެސްޕްރެސޯ ކޮފީ މެޝިންތަކުގައި ބޭނުންކުރާ ކެޕްސޫލާއެއް ފަރުމާއެއްގައި ކަމަށެވެ. އެހެން ކަމުން، ނެސްޕްރެސޯ މެޝިނުގައި ނުވަތަ ނެސްޕްރެސޯ ކެޕްސޫލް ލެއްވޭ ކޮފީ މެޝިންތަކުގައި މެރާކީގެ ކެޕްސޫލްތައް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް، މެރާކީގެ ސްޕެޝަލިޓީ ކޮފީ ކެޕްސޫލެއްގެ ފުރިހަމަ ރަހަތައް އިންސާފުކުރުމަށް އެންމެ ރަނގަޅު މެޝިނަކީ “މޯނިން” ކޮފީ މެޝިނެވެ. މޯނިން ކޮފީ މެޝިނަކީ ކެޕްސޫލް ފޯމެޓް ސްޕެޝަލިޓީ ކޮފީއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މެޝިނެއް ކަމުން، އޭގައި ހިމެނޭ ކެލިބްރޭޝަން ފީޗާސް، އިން-ބިލްޓް ސްކޭލް އަދި އެހެނިހެން އެޕް ކޮންޓްރޯލްތަކާއެކު، ކެޕްސޫލްގައި ހުރި ހުރިހާ މީރު ރަހަތައް، އެއްވެސް އުނިކަމެއް ނެތި، ބަލާލެވޭނެ އެވެ.

މެރާކީއަކީ މޯނިން ކޮފީ މެޝިނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ، އަދި މި ކޮފީ މެޝިން ވެސް ފަސޭހަކަމާއެކު މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ އެވެ. މޫލީ މެދިވެރިކޮށް “މޯނިން” ކޮފީ މެޝީން ބައްލަވައިގަތުމަށް https://www.moolee.mv/the_morning_machine ޒިޔާރާތްކޮށްލައްވާށެވެ.

މިކެޕްސޫލްތަކާ އެކު މެރާކީއިން އާ ކޮފީ ފޯމެޓެއް ތައާރަފްކުރި ނަމަވެސް، މިއީ، ދުނިޔޭގައި ފާހަގަކޮށްލެވޭ ކޮފީތައް ރޯސްޓްކުރާ ރޯސްޓަރެއްގެ ގޮތުގައި، މެރާކީއިން ގެންގުޅޭ މިންގަނޑުތަކާ ދުރުވާ ދުރުވުމެއް ނޫނެވެ. ކެޕްސޫލް ވެސް ހިމެނޭ ގޮތަށް، މެރާކީއިން ރޯސްޓްކޮށް، ބާޒާރަށް ނެރޭ ހުރިހާ ކޮފީއަކީ ވެސް ކޮފީގެ އަސްލު އެނގުމާއެކު، އުފެއްދުމުގެ ހުރިހާ ހިސާބެއްގައި ވެސް މަސައްކަތްތެރިންނަށް ހަމަ އަގު ލިއްބައިދޭ، ދެމެހެއްޓެނިވި ޕްރެކްޓިސްތަކެއްގެ މަތިން އުފައްދާ، ރޯސްޓްކުރެވޭ ކޮފީތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.